Last Updated: May 6, 12:13
Monday, May 6, 2024
ޚަބަރު

31 ކައުންސިލަކަށް އެސްޖީން ހޯދަނީ

ރާއްޖޭގެ 31 ރަށެއްގެ ކައުންސިލަކަށް ސެކެރެޓަރީ ޖެނެރަލް (އެސްޖީ) ހޯދަން އިއުލާންކޮށްފި އެެވެ.

ސިވިލް ސާވީސް ކޮމިޝަން (ސީއެސްސީ) އިން ބުނީ އެ މަގާމުތަކަށް ކުރިމަތިލާން އަންނަ މަހުގެ 5 އާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ.

އެސްޖީން ހޯދަނީ ފަސް އަހަރުގެ މުއްދަަތަށެވެ. އެ މީހުންނަށް މުސާރައިގެ އިތުރަށް ސްޕެޝަލް ޑިއުޓީ އެލަވަންސްގެ ގޮތުގައި މުސާރައިގެ 35 ޕަސެންޓް ވެސް ލިބޭނެ އެވެ.

ރަށު ކައުންސިލު އިދާރާތަކުގެ އެސްޖީ ދެ ދަރަޖައަކަށް ހިމެނޭ އިރު އެއް ދަރަޖަ އަށް އަސާސީ މުސާރައިގެ ގޮތުގައި މަހަކު 9300ރ. އަދި އެލަވަންސްގެ ގޮތުގައި މަހަކު 6.800ރ. ލިބޭނެއެވެ. ދެވަނަ ދަރަޖައަށް އަސާސީ މުސާރައިގެ ގޮތުގައި މަހަކު 8،835ރ. އަދި އެގްޒެކެޓިވް އެލަވަންސްގެ ގޮތުގައި މަހަކު 6،450ރ. ލިބޭނެ އެވެ.