Last Updated: May 5, 18:07
Sunday, May 5, 2024
ޚަބަރު

އެންމެ ދެކުނުގެ 4 އަތޮޅު ވައިޓް އެލާޓްގައި

ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ރާއްޖޭގެ އެންމެ ދެކުނުގެ ހަތަރު އަތޮޅަށް މިއަދު ވައިޓް އެލާޓް ނެރެފި އެވެ.

ގއ. އަތޮޅުން ފެށިގެން އައްޑުއާ ހަމައަށް އެ އެލާޓް ނެރެފައި ވަނީ ހެނދުނު 6:45 އިން ފެށިގެން 10:45 އާ ހަމައަށެވެ. މޫސުމާ ބެހޭ އިދާރާ އިން ބުނީ އެ ވަގުތުގެ ތެރޭގައި ބޯކޮށް ވާރޭ ވެހުމާ އެކީ ގުގުރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

ރޭ ނ. އަތޮޅުން ފެށި ގއ. އަތޮޅަށް ވެސް ވައިޓް އެލާޓް ނެރުނެވެ.