Last Updated: May 5, 13:23
Sunday, May 5, 2024
ޚަބަރު

ނޫރާނީގެ އެކްޓިވިޓީ ޔުނިފޯމް ފަހަން ބަޔަކު ހޯދަނީ

އައްޑޫ ހިތަދޫ ނޫރާނީ ސްކޫލްގެ އެކްޓިވިޓީ ޔުނިފޯމް ފަހައި ވިއްކާނެ ފަރާތެއް ހޯދަން އެ ސްކޫލުން ބީލަމަށް ހުޅުވާލައިފި އެވެ.

ނޫރާނީ ސްކޫލުން މިކަމަށް ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ 9 އާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ. ބީލަމުގައި ބައިވެރިވާން މިއަދުން ފެށިގެން މި މަހުގެ 30 އާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ. މި ލިންކް https://forms.gle/oQczEbhGdQBtAKwr7 މެދުވެރިކޮށް ބީލަމަށް ރަޖިސްޓްރީ ކުރެވޭނެ އެވެ.

ނޫރާނީ ސްކޫލުން ބުނީ މިކަމާ ބެހޭ އިތުރު މައުލޫމާތު އެ ސްކޫލްގެ މި 6885917 ނަމްބަރުން ހޯދޭނެ ކަމަށެވެ.

އައްޑޫގެ އެންމެ ދުވަސްވީ ސްކޫލްތަކުގެ ތެރޭގައި ހިމެނޭ ނޫރާނީ ސްކޫލަކީ މިހާރު ކީ ސްޓޭޖުން ފެށިގެން ގްރޭޑް 10 އާ ހަމައަށް ކިޔަވައި ދެމުން އަންނަ ސްކޫލެކެވެ.