Last Updated: May 5, 13:23
Sunday, May 5, 2024
ޚަބަރު

އައިޑީބީގެ ސްކޮލަޝިޕްތަކަކަށް ހުޅުވާލައިފި

އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް (އައިޑީބީ) އިން ރާއްޖެ އަށް ލިބިފައިވާ ސްކޮލަޝިޕްތަކަކަށް ކުރިމަތިލާން ހަޔަ އެޑިއުކޭޝަން މިނިސްޓްރީން ހުޅުވާލައިފި އެވެ.

ހުޅުވާލާފައި ވަނީ މާސްޓަ އޮފް ސައިންސް ސްކޮލަޝިޕަކަށާއި ހައި ޓެކްނޮލޮޖީ ޕީއެޗްޑީގެ އިތުރުން ޕޯސްޓްޑޮކްޓޯރަން ރިޗާސް ރިސާޗް ސްކޮލަޝިޕަށެވެ. މި ފުރުސަތުތަކަށް ޝައުގުވެރިވާ ފަރާތްތަކަށް އެޕްލައި ކުރުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ މި މަހުގެ 30 އާ ހަމައަށެވެ.

ހަޔަ އެޑިއުކޭޝަން މިނިސްޓްރީން ވަނީ މި ކޯސްތަކަށް ފުރުމުގެ ކުރިން ކޯސް ހިންގާ އިންސްޓިޓިއުޓްތަކަކީ ރާއްޖޭގެ ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ) އިން ގަބޫލުކުރާ ތަންތަންތޯ އާއި ކޯސްތަކަކީ ވެސް ރާއްޖެއިން ގަބޫލުކުރާ ކޯސްތަކެއްތޯ ކަށަވަރު ކުރަން އެދިފަ އެވެ.