Last Updated: May 5, 21:32
Sunday, May 5, 2024
ޚަބަރު

އާ ފުލުހުންތަކެއް ހުވާކޮށްފި

ފުލުހުންގެ ޚިދުމަތާ އަލަށް ގުޅުނު ފުލުހުންތަކެއް މިއަދު މަގާމުގެ ހުވާކޮށްފި އެވެ.

އިސްކަންދަރު ބިލްޑިންގުގައި ބޭއްވި ރަސްމިއްޔާތުގައި އެ ފުލުހުންނަށް ހުވާލައިދެއްވީ ހައިކޯޓުގެ ފަނޑިޔާރު މުޙައްމަދު ފައިޞަލެވެ. އެ ރަސްމިއްޔާތުގައި ހުވާކޮށްފައި ވަނީ ފުލުހުންގެ ޚިދުމަތާ އަލަށް ގުޅުނު 99 ފުލުހެކެވެ. އޭގެ ތެރޭގައި ހިމެނެނީ އަންހެން 27 ފުލުހަކާއި ފިރިހެން 51 ފުލުހުންގެ އިތުރުން ސްޕެޝަލް ކޮންޓަބިއުލަރީ އަންހެން 10 ފުލުހަކާއި ފިރިހެން 11 ފުލުހުންނެވެ.

ހުވާކުރުމަށްފަ ހު އެ ފުލުހުން ވަނީ ހުވާގެ ލިޔުމުގައި ސޮއި ވެސް ކޮށްފަ އެވެ.

ފުލުހުންތަކެއްގެ ހުވާގެ ރަސްމިއްޔާތުގައި، ހެޑް އޮފް ޕީޕަލް ޑައިރެކްޓްރޭޓް، އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް އަޙްމަދު ޢަބްދުއް ރަހްމާނާއި ހެޑް އޮފް ވޯކްފޯސް ޕްލޭނިން އެންޑް މެނޭޖްމަންޓް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ސުލްޠާން އަޙްމަދު ބިޝާރާއި ހެޑް އޮފް ރެކްރޫޓުމަންޓް އެންޑް ޑިޕްލޯއިމަންޓް ޔުނިޓް، ޗީފް އިންސްޕެކްޓަ އޮފް ޕޮލިސް ހުސައިން ޝަރީފް ބައިވެރިވެވަޑައިގެންނެވި އެވެ.