Last Updated: May 5, 21:32
Sunday, May 5, 2024
ޚަބަރު

މާލޭ މަގުމައްޗަށް ކުނި އެޅި ބަޔަކު ޖޫރިމަނާ ކޮށްފި

މާލޭގެ މަގުމައްޗަށް ކުނި އެޅި ބަޔަކު މާލޭ ސިޓީ ކައުންސިލުން ޖޫރިމަނާ ކޮށްފި އެވެ.

މާލޭ ސިޓީ ކައުންސިލުން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ހީނާމާގޭ ޕާކިން ސަރަހައްދަށް ކުނި އެޅި ބައެއް މީހުން ފާހަގަކުރެވިފައިވާ ކަމަށާއި އެ ފަރާތްތައް މިހާރު ޖޫރިމަނާ ކުރެވިފައިވާ ކަމަށެވެ.

މާލެ ސަރަހައްދުގެ އާންމު ތަންތަނަށް ކުނި އެޅުމަކީ މަނާ ކަމެއް ކަމަށްވާ އިރު، އެފަދަ އަމަލެއް ކޮށްފި ނަމަ ޖޫރިމަނާ ކުރަނީ އެކަމެއް ކުރާ މީހަކު 500ރ. އިންނެވެ.

މަގުތަކަށް ކުނި އެޅި މައްސަލަތަކެއްގައި މިހާތަނަށް 100 އަށް ވުރެ ގިނަ މީހުން ޖޫރިމަނާކޮށްފައިވާ ކަމަށް ސިޓީ ކައުންސިލުން ބުނެ އެވެ.

މާލޭގެ މޭޔަރު އާދަމް އާޒިމް ވަނީ މާލޭގައި އާންމުކޮށް ކުނި އަޅާފައި ހުންނަކަން ފާހަގަކުރެވޭ ތަންތަން އާންމުކޮށްފަ އެވެ. އަދި އެގޮތަށް މަގުތަކުގައި ކުނި ބަހައްޓާ މީހުންގެ ފޮޓޯ އަދި ވީޑިއޯ މާލެ ސިޓީ ކައުންސިލުގެ ވައިބާ އަދި ވަޓްސްއެޕް ނަންބަރު ކަމަށްވާ 9341144 އަށް ނުވަތަ ކައުންސިލްގެ ވެބްސައިޓު މެދުވެރިކޮށް ފޮނުވަން އާޒިމް ވަނީ އެދިވަޑައިގެންފަ އެވެ.