Last Updated: May 5, 21:32
Sunday, May 5, 2024
ޚަބަރު

ކެމްޕޭނު އޮފީހެއްގައި ރޯކޮށްލި މީހަކު ހައްޔަރުކޮށްފި

ކުޅުދުއްފުށީގައި ހުރި ކެމްޕެއިން އޮފީހެއްގައި ރޯކޮށްލި މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ މިމަހުގެ 16 ވަނަ ދުވަހު ކުޅުދުއްފުށީގައި ހުރި ކެމްޕެއިން އޮފީހެެއްގައި ރޯކޮށްލި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގެ ތަހުގީގަަށް މިއަދު މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

މި މައްސަލައާއި ގުޅިގެން ހައްޔަރުކޮށްފައިވަނީ 31 އަހަރުގެ ފިރިހެނެކެވެ. އޭނާ ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުންނެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.