Last Updated: May 6, 21:20
Monday, May 6, 2024
ޚަބަރު

ސައުދާގެ ކާމިޔާބީ ފާހަގަކުރަން ހަވާ އަރުވައިފި

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކޮއްކޮ ފާތިމަތު ސައުދާ ރައްޔިތުންގެ މަޖިލީހުގެ ނިލަންދޫ ދާއިރާގެ ގޮނޑި އަށް އިންތިހާބުވުމާ ގުޅިގެން އެ ދާއިރާގައި ހަވާ އަރުވައިފި އެވެ.

އިންތިހާބުން ލިބުނު ކާމިޔާބީއާ ގުޅިގެން ސައުދާ ވަނީ ނިލަންދޫ އަދި ދަރަނބޫދޫ އަށް ޒިޔާރަތް ކުރައްވާފަ އެވެ. ސައުދާ ވަޑައިގެންނެވުމުން އެ ދެ ރަށުން ވެސް ސައުދާ އަށް ވަނީ ހޫނު މަރުހަބާއެއް ދަންނަވާފަ އެވެ.

ކާމިޔާބީ ފާހަގަކުރަން ރޭ އެ ދެ ރަށުގައި ވަނީ ފަސް މިނެޓަށް ހަވާ އަރުވާފަ އެވެ.

ސައުދީ ނިލަންދޫ ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވީ 1137 ވޯޓުންނެވެ. ސައުދާއާ ވާދަކުރެއްވީ އަމިއްލަ ގޮތުން އިންތިހާބަށް ނިކުތް އަހުމަދު ރަޝީދު އެވެ. އޭނާ އަށް ލިބުނީ 620 ވޯޓެވެ.