Last Updated: May 8, 02:23
Tuesday, May 7, 2024
ޚަބަރު

ބޯކޮށް ވާރޭވެހި ފޭދޫގެ މަގުތަކުގައި ފެންބޮޑުވެއްޖެ

ބޯކޮށް ވާރޭވެހި އައްޑޫ ސިޓީ ފޭދޫގެ މަގުތަކުގައި ފެންބޮޑުވެއްޖެ އެވެ.

އެމްއެންޑީއެފުން ބުނީ ބޯކޮށް ވާރޭވެހި ފޭދޫ މަގުތަކުގައި ފެން ބޮޑުވެގެން، ފެން ހިންދުމުގެ މަސައްކަތުގައި އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ސ.ހިތަދޫ ފަޔަރ ސްޓޭޝަނުން ހަރަކާތްތެރިވަމުންދާ ކަމަށެވެ.

މޫސުން ގޯސްވުމާ ގުޅިގެން މެޓް އޮފީހުން ވަނީ އައްޑޫ އާއި ފުވައްމުލަކަށް ޔެލޯ އެލާޓް ނެރެފަ އެވެ. އެލާޓް ނެރެފައިވަނީ މިރޭ 12:30 އާއި ހަމައަށެވެ.

މި ވަގުތުތަކުގައި ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށް ލަފާކުރެވޭ ކަމަށް މެޓް އޮފީހުން ބުނެ އެވެ.