Last Updated: May 8, 10:18
Wednesday, May 8, 2024
ޚަބަރު

ނޫރާނީ ސްކޫލްގެ ދަރިވަރުންނަށް އަލިފާނާ ގުޅޭ ސެޝަނެއް

އައްޑޫ ހިތަދޫ ނޫރާނީ ސްކޫލްގެ ގާލްގައިޑުންނާއި ލިޓްލް މެއިޑް ދަރިވަރުންނަށް އެމްއެންޑީއެފް ސަދަން އޭރިއާގެ ކޮމާންޑްގެ ހިތަދޫ ފަޔަ ސްޓޭޝަނުން ފަޔަ ސޭފްޓީ ސެޝަނެއް ކުރިއަށް ގެންގޮސްފި އެވެ.

ނޫރާނީ ސުކޫލުގައި އިއްޔެ ކުރިއަށް ގެންދިޔަސެޝަނުގައި، 40 ދަރިވަރަކު ބައިވެރިވިއެވެ.

އެ ސެޝަނުގައި، އަލިފާނުގެ ނުރައްކާތެރި ހާދިސާތަކުގައި ސަލާމަތީ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތަކާ ބެހޭ ގޮތުން ކުލާހުގެ ދަރިވަރުންނަށް ވަނީ މަޢުލޫމާތު ދީފައިވެ އެވެ. އެގޮތުން އެ ސެޝަންގައި ކިޔަވައިދިން ބައިތަކުގެ ތެރޭގައި، ފަޔަ ފައިޓިންގެ ތަޢާރަފާއި، ފަޔަ އިމަޖެންސީތަކާ ބެހޭ ގޮތުންނާއި، އަލިފާން ނިއްވުމަށް ބޭނުންކުރާ ބައެއް އާލާތްތަކާ ބެހޭ މަޢުލޫމާތުގެ އިތުރުން، ބަންދުވެފައި ހުރި ތަނެއްގައި ދުން ބޯވެއްޖެ ނަމަ އަމަލުކުރާނެ ގޮތް ދަރިވަރުންނަށް ކިޔައި ދީފައިވެ އެވެ.

މީގެ ކުރިން ވެސް އައްޑޫގެ އެކި ސްކޫލްތަގައި މިފަދަ ސެޝަންތައް ހިންގާފައިވެ އެވެ.

މި ސެޝަނުގައި ދަރިވަރުންނަށް މަޢުލޫމާތު ފޯރުކޮށްދިނީ އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ސ.ހިތަދޫ ފަޔަރ ސްޓޭޝަނުގެ ފަޔަރ ފައިޓަރުންނެވެ.