Last Updated: May 8, 11:37
Wednesday, May 8, 2024
ޚަބަރު

ކެމްޕޭން މެޓީރިއަލްތައް 30 ގެ ނިޔަލަށް ނަގަން ޖެހޭނެ

މިދިޔަ ހަފުތާގެ އާދީއްޔަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލިސް އިންތިހާބުގެ ކެމްޕޭނަށް އާންމު ތަންތަނުގައި ބެހެއްޓި ކެމްޕޭން މެޓީރިއަލްތައް މި މަހުގެ 30 ގެ ނިޔަލަށް ނަގަން ޖެހޭނެ ކަމަށް އިލެކްޝަން ކޮމިޝަން (އީސީ) އިން ބުނެފި އެވެ.

ކެންޑިޑޭޓުންގެ ޕޯސްޓަރުތަކާއި ބެނާތަކާއި ދިދަފަތި ފަދަ 10 ދުވަހުގެ ތެރޭގައި ނަގަން ޖެހޭ ކަމަށް ކޮމިޝަނުން ބުންޏެވެ. އެ މުއްދަތު ހަމަވާނީ މި މަހުގެ އަށެވެ.

އީސީން ބުނީ ތަކެތި ނަގަން ކެންޑިޑޭޓުންނަށް އަންގާފައި ވާނެ ކަމަށެވެ. ހާއްސަކޮށް އާންމުން އެއްވެ އުޅޭ ސަރަހައްދުތަކުގައި ހުރި ތަކެތު ނެގުމަށް އިސްކަން ދޭން އެދިފައިވާނެ ކަމަށް ވެސް ކޮމިޝަނުން ބުންޏެވެ.

ކޮންމެ އިންތިހާބަކާއި ދިމާކޮށް ވެސް އާންމު މަގުތަކާއި އާންމު ތަންތަނުގައި ޕޯސްޓަރުތަކާއި ބެނާތަކާއި ދިދަފަތި ފަދަ ތަކެތި ގިނަ އަދަދަކަށް ދަމަ އެވެ. އެކަމަކު މި އިިންތިހާބު ނިމޭތާ އެތައް މަސްތަކެއް ފާއިތުވާ އިރު، ބައެެއް ހިސާބުތަކުގައި ކެމްޕޭން މެޓީރިއަލްތައް ނުނަގައި ބަހައްޓާފައި ހުންނަކަން ފާހަގަކުރެވެ އެވެ.