Last Updated: May 17, 11:10
Friday, May 17, 2024
ޚަބަރު

މުޅި ރާއްޖެ އަށް ވައިޓް އެލާޓް ނެރެފި

މޫސުން ގޯސްވެ މުޅި ރާއްޖެ އަށް ވައިޓް އެލާޓް ނެރެފި އެވެ.

މެޓް އޮފީހުން އެލާޓް ނެރެފައިވަނީ މިރޭ 11 އިން މާދަމާ ހެނދުނު 5 ޖެހުމާ ހަމައަށެވެ. އެ ވަގުތުގެ ތެރޭގައި ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށް ވަނީ ލަފާކޮށްފައިވެ އެވެ.

މި ދުވަސްވަރަކީ ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސް ދުވަސްވަރެކެވެ. އެގޮތުން އިއްޔެ ރޭ އަައްޑު އަށް ބޯކޮށް ވާރޭ ވެހި، ގެއްލުންތަކެއްވެފައިވެ އެވެ.

މޫސުން ގޯސްވުމާ ގުޅިގެން ކަނޑު ދަތުރުކުރުމުގައި ސަމާލުވާން ކަމާބެހޭ ފަރާތްތަކުން އިލްތިމާސްކުރެ އެވެ.