Last Updated: May 17, 11:10
Friday, May 17, 2024
ޚަބަރު

ޔާމީންގެ ވަކީލަކަށް ސްޓޭޓް މިނިސްޓަރުކަން

ކުރީގެ ރައީސް ޔާމީންގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ އަބްދުﷲ ސިޔާޒަށް އިކޮނޮމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ދީފި އެވެ.

އޭނަ އަށް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ސިޔާސީ މަގާމެއް ދިން އިރު، ރައީސް ޔާމީންގެ ގާނޫނީ ވަކީލެއްގެ ގޮތުގައި ސިރާޖު މަސައްކަތް ކުރައްވަމުން ގެންދެވީ 2019 އިން ފެށިގެންނެވެ.

ސިޔާޒަކީ އަކީ ޔާމީންގެ ސަރުކާރުގައި އިކޮނޮމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ.

ދާދި ފަހުން ޔާމީން 11 އަހަރުފެ ޖަލު ހުކުމަކުން ސަލާމަތްވެވަޑައިގަތް އިރު، އެ މަނިކުފާނުގެ ގާނޫނީ ވަކީލުންގެ ޓީމްގައި އެންމެ އިސްކޮށް އުޅުއްވީ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދެވެ.

ޔާމީން މިހާރު ވަނީ ޕީޕީއެމް ދޫކުރައްވައި ޕީޕަލްސް ނެޝަނަލް ފްރޮންޓް ޕީއެންއެފް) ކިޔާ ޕާޓީއެއް އުފައްދަވައިފަ އެވެ.