Last Updated: May 18, 11:51
Saturday, May 18, 2024
ޚަބަރު

ރައީސްގެ ދެކަނބަލުން ސިންގަޕޫރަށް

ނުރަސްމީ ދަތުރެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި އަނބިކަނބަލުން ސާޖިދާ މުހައްމަދު ސިންގަޕޫރަށް މިރޭ ފުރާވަޑައިގެންފި އެވެ.

މި ދަތުރުގެ މުއްދަތެއް ނުވަތަ އިތުރު ތަފުސީލެއް ރައީސް އޮފީހުން ހާމައެއް ނުކުރެ އެވެ.

ރައީސްގެ ދެކަނބަލުން މިދިޔަ މާޗު މަހުގެ ތެރޭގައި ވެސް ނުރަސްމީ ދަތުރެއްގައި ސިންގަޕޫރަށް ވަޑައިގެންނެވި އެވެ.