Last Updated: May 18, 12:02
Saturday, May 18, 2024
ޚަބަރު

ތުރުކީގެ މަނަވަރެއް ރާއްޖޭގައި

ތުރުކީގެ ކަނޑުގެ ސިފައިންގެ މަނަވަރު "ޓީސީޖީ ކިނާލިއާޑާ" ރާއްޖެ އަށް ޒިޔާރަތްކޮށްފި އެވެ.

އެ މަނަވަރު އިއްޔެ ރާއްޖެ އަށް ކުރި މި ޒިޔާރަތަކީ، ތުރު ކީއާއި ޖަޕާނުގެ ޑިޕްލޮމެޓިކް ގުޅުމަށް 100 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ތުރުކީން ފުރައިގެން ޖަޕާނަށް އެ ޝިޕް ކުރަމުން އަންނަ ދަތުރުގައި ބަނދަރުކުރުމަށް ހަމަޖެހިފައިވާ 20 ޤައުމުގެ ތެރޭގައި ރާއްޖެ ހިމެނިފައިވާތީ ކުރި އިޙްތިރާމްގެ ޒިޔާރަތެެއް ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

އެ އުޅަނދި މާލޭގައި ބަނދަރުކުރުމުން، އެމްއެންޑީއެފްގެ އޭގެ އޮފިސަރުންނާއި ސެއިލަރުންނަށް ވަރަށް ހޫނު މަރުޙަބާއެއް ކިޔާފައިވެ އެވެ.

"ޓީސީޖީ ކިނާލިއާޑާ" ރާއްޖެ އަށް ކުރި ޒިޔާރަތުގައި ދެ ޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ އެކުވެރި ގުޅުމާއި އަސްކަރީ ގުޅުން އިތުރަށް ބަދަހިވެންދާނެ ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ. އެގޮތުން ތުރުކީގެ ޑިފެންސް އެޓާޗޭ އާއި އޭގެ އިސް އޮފިސަރުންގެ ވަފުދުން ޑިފެންސް މިނިސްޓަރުގެ ގައްސާން މައުމޫންގެ އަރިހަށާއި، ޗީފް އޮފް ޑިފެންސް ފޯސްގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވާނެ ގޮތަށް ހަމަޖެހިފައިވެ އެވެ. އަދި އޭގެ ސިފައިންނާއި އެމްއެންޑީއެފްގެ އެކި ރޭންކްތަކުގެ ސިފައިންނާއެކު އިންޓަރެކްޓިވް ސެޝަންތައް ކުރިއަށް ގެންދާ ގޮތަ ށްވެސް ހަމަޖެހިފައިވެ އެވެ.

"ޓީސީޖީ ކިނާލިއާޑާ"، އޭޕްރީލް 8 ވަނަ ދުވަހު ތުރުކީން ފުރައިގެން ޖަޕާނަށް ކުރަމުންދާ 134 ދުވަހުގެ މި ދަތުރުގައި، 20 ޤައުމެއްގެ 24 ބަނދަރަކަށް ޒިޔާރަތް ކުރާނެ އެވެ. އެގޮތުން، އޭގެ ދަތުރުގައި ޖަޕާން، ސައުދީ އަރަބިއްޔާ، ޖިބޫތީ، ސޯމާލިއާ، ދިވެހިރާއްޖެ، ބަންގްލަދޭޝް، މެލޭޝިއާ، އިންޑޮނޭޝިއާ، ތައިލެންޑް، ޗައިނާ، ދެކުނު ކޮރެއާ، ފިލިޕީންސް، ސިންގަޕޫރު، ސްރީ ލަންކާ، އިންޑިއާ، އޮމާން، ގަތަރު، ޔުނައިޓެޑް އަރަބް އެމިރޭޓްސް، ޕާކިސްތާން، އަދި ޖޯޑަން އަށް ދާނެ އެވެ.