Last Updated: May 18, 11:51
Saturday, May 18, 2024
ޚަބަރު

އޭސީސީގެ ސާވިސް ޗާޓަރު އިފުތިތާހްކޮށްފި

އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ސާވިސް ޗާޓަރު އިފުތިތާހްކޮށްފި އެވެ.

އެތަނުން މިފަދަ ޗާޓަރެއް އިފުތިތާހުކުރީ ކޮމިޝަނުން ފޯރުކޮށްދޭ ހިދުމަތްތަކަކީ ހިދުމަތް ލިބިގަންނަ މީހުން ބޭނުންވާ ފެންވަރުގައި ފޯރުކޮށް ދެވޭ ހިތްހަމަޖެހޭ ހިދުމަތްތަކެއް ދެވޭ މުއައްސަސާއަކަށް ހެދުމުގެ މަގުސަދުގަ އެވެ. އޭސީސީން ދޭ ހިދުމަތްތަކާއި، އެ ހިދުމަތްތައް ހޯދޭނެ ގޮތްތަކާއި، ހިދުމަތް ފޯރުކޮށްދިނުމަށް ކަނޑައެޅިފައިވާ ވަގުތުތައް އެއްތާކުން ފެންނާނެ ގޮތަށް އެކުލަވާލާފައިވާ މި ސާވިސް ޗާޓަރު އޭސީސީގެ ވެބްސައިޓްގައި މިހާރު ވަނީ އާންމުކޮށްފަ އެވެ.

އެ ކޮމިޝަނުން ބުނީ އަމާޒަކީ ކޮމިޝަނުން އާއްމު ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތްތަކަކީ ވީހާ ވެސް އަވަސްކޮށް ރަނގަޅު ފެންވަރެއްގައި ފޯރުކޮށްދެވޭ ހިދުމަތްތަކަށް ހެދުން ކަމަށެވެ. އަދި ކޮމިޝަނުގެ ގާނޫނީ ޒިންމާ އަދާކުރުމަށް ކުރަމުން އަންނަ މަސައްކަތްތަކާއި ހިދުމަތްތައް ވީހާވެސް ފަސޭހައިން ރައްޔިތުންނަށް ލިބޭނެ ގޮތް އިންތިޒާމް ކުރުމަކީ ވެސް އަމާޒެއް ކަމަށް ބުންޏެވެ.