Last Updated: May 18, 10:45
Saturday, May 18, 2024
ޚަބަރު

މަރަދޫފޭދޫ ހިއްކި ބިމުގެ ޕްލޭނަށް ހިޔާލު ހޯދަނީ

އައްޑޫ މަރަދޫފޭދޫ ހިއްކާފައިވާ ބިން ބޭނުން ކުރާނެ ގޮތުގެ ޕްލޭނަށް ހިޔާލު ހޯދަން މިރޭ ބައްދަލުވުމެއް ބާއްވަން ނިންމައިފި އެވެ.

ކައުންސިލުން ބުނީ އެ ބައްދަލުވުން މިރޭ ސްކޫލްގައި ފަށާނީ 8:30 ގައި ކަމަށެވެ. ބައްދަލުވުން 10:30 އާ ހަމައަށް ކުރިއަށް ދާނެ އެވެ. މި ބައްދަލުވުން ހާއްސަކޮށްފައި ވަނީ އިޖުތިމާއީ އަދި އިގުތިސާދީ ދާއިރާގެ މީހުންނަށް ކަމަށް ކައުންސިލުން ބުންޏެވެ.

އައްޑޫ ބިން ހިއްކަން 2022 ގައި ކުރިއަށް ގެންދިޔަ މަޝްރޫއުގެ ތެރެއިން އައްޑޫން ޖުމްލަ 236.5 ހެކްޓަރުގެ ބިން ހިއްކާފައިވެ އެވެ.