Last Updated: May 19, 21:03
Sunday, May 19, 2024
ޚަބަރު

ފުލަހެއްގެ ބްލެކްމެއިލް މައްސަލައެއް ބަލަނީ

ފުލުހަކު ވިލާ ކޮލެޖުގެ ދަރިވަރަކު ބްލެކްމެއިލްކުރި ކަމަށް ބުނާ މައްސަލައެއް ބަލަން ފަށައިފި އެެވެ.

އާންމުންގެ މީހަކު ސޯޝަލްމީޑިއާގައި ކުރި ޕޯސްޓެއްގައި ފުލުހުންގެ އިންސްޕެކްޓަރަކު, ވިލާ ކޮލެޖްގައި ނާސިން ކިޔަވާ ދަރިވަރަކު ބްލެކްމެއިލްކޮށް ފައިސާ ހޯދަން މަސައްކަތް ކުރި ކަމަށް ތުހުމަތުކޮށް, އެ މައްސަލަ ބެލޭނެ ވެރިއަކު ނޫނީ އިދާރާއެއް އެބަހުރިތޯ ސުވާލުކޮށްފައިވެ އެވެ.

މިކަމާ ގުޅިގެން ފުލުހުންގެ ތަރުޖަމާނު އަޙުމަދު ޝިފާން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ފުލުހުންނާމެދު ކުރެވޭ ޝަކުވާތައް ތަހުގީގުކުރާ ބަހާއިން މި މައުލޫމާތު ޔަގީންކޮށް އެކަން ބެލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި ފުލުހަކާ މެދު ޝަކުވާއެއްވާ ނަމަ ސީދާ ފުލުހުންނަށް އެކަމެއް ހުށަހަޅައިގެން ހައްލުކުރުމަށް ވެސް އެދިވަޑައިގެންފައިވެ އެވެ.