Last Updated: May 19, 21:03
Sunday, May 19, 2024
ޚަބަރު

ކުރިއަށް އޮތް ހަތަރު މަހު އާދަޔާ ހިލާފަށް ވާރޭވެހޭނެ

ކުރިއަށް އޮތް ހަތަރު މަހު, އާންމުކޮށް ވާރޭ ވެހޭ މިންވަރަށްވުރެ އިތުރަށް ވާރޭ ވެހޭނެ ކަމަށް މޫސުމާ ބެހޭ އިދާރާއިން ލަފާކޮށްފި އެވެ.

މެޓް އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި އަހަރުގެ ޖޫން, ޖުލައި, އޮގަސްޓް އަދި ސެޕްޓެމްބަރު މަހު އުތުރާއި މެދުރާއްޖެތެރޭގެ ސަރަހައްދުތަކަށް އާންމުކޮށް ވާރޭވެހޭ މިންވަރަށް ވުރެ އިތުރަށް ވާރޭވެހޭނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. ރާއްޖޭގެ ދެކުނަށް މިދުވަސްވަރު ވާރޭ ވެހޭނީ އާންމުކޮށް ވާރޭ ވެހޭ މިންވަރަށްވުރެ މަދުން ކަމަށް މެޓް އޮފީހުން ބުނެ އެވެ.

އަދި ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ވެސް މިދުވަސްވަރު ފިނިހޫނުމިން އެންމެ މައްޗަށް ދާނެ މިންވަރާއި އެންމެ ދަށަށް ދާނެ މިންވަރު ވެސް، އާންމު މިންވަރަށްވުރެ މަތިވާނެ ކަމަށް ލަފާ ކުރެވޭ ކަމަށް މެޓް އޮފީހުން ބުނެ އެވެ.

ރާއްޖޭގައި އިހުސާސްކުރެވޭ ފިނި ހޫނުމިން މިހާރު ހުރީ 44 ޑިގްރީ ސެލްސިއަސްގައި ކަމަށް މެޓް އޮފީހުން ހާމަކުރެ އެވެ.