Last Updated: May 19, 21:03
Sunday, May 19, 2024
ޚަބަރު

ދީނަށް ފުރައްސާރަ ކުރި މީހެއްގެ މައްސަލަ ބަލަނީ

ފުލުހުންގެ މައި އިދާރާ ޝަހީދު ޙުސައިން އާދަމް ބިލްޑިންގ – ފޮޓޯ : ޕޮލިސް

ސޯޝަލް މީޑިއާގައި ދީނަށް ފުރައްސާރަ ކުރި މީހެއްގެ މައްސަލަ ފުލުހުން ބަލަން ފަށައިފި އެވެ.

ސޯޝަލް މީޑިއާގައި ދީނަށް ފުރައްސާރަކޮށް ލިޔެފައިވާ ޕޯސްޓުތަކުގެ މައްސަލަ ފުލުހުންގެ ސަމާލު ކަމަށް ގެނައީ އާންމު ފަރާތަކުންނެވެ.

އެކަމާ ގުޅިގެން ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާން ވިދާޅުވީ އެ ލިޔުން ހިއްސާކުރި މީހާއާއި އެ އެކައުންޓުގައި ހިއްސާކޮށްފައިވާ ޕޯސްޓުތަކުގެ މައްސަލައިގައި ސީރިއަސް ތަހުގީގެއް ފަށައިފައިވާ ކަމަށެވެ.

ގާނޫނުލްއުގޫބާތުގައިވާ ގޮތުން ދީނަށް ފުރައްސާރަކުރުމުގެ އަސާސީ އަދަބަކީ ހަތަރު މަހާއި 24 ދުވަހަށް ޖަލަށް ލުމެވެ.