Last Updated: May 19, 21:03
Sunday, May 19, 2024
ޚަބަރު

ސައުދާ މަޖިލީހުގެ ނައިބަކަށް ގެންނަން ކެމްޕެއިނެއް

ނިލަންދޫ ދާއިރާގެ އިންތިާބީ މެންބަރު ފާތިމަތު ސައުދާ މަޖިލީހުގެ ނައިބު ރައީސް ކަމަށް ގެނައުމަށް، ސޯޝަލް މީޑިއާގައި ކެމްޕޭނެއް ފަށައިފި އެވެ.

ސައުދާ އަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކޮއްކޯފުޅެވެ.

'ސައުދާ ފޯ ޑެޕިއުޓީ'ގެ ނަމުގައި އެކްސްގައި ހަރަކާތްރިވަމުންދާ އެކައުންޓަކުން މިދިޔަ ހޮނިހިރު ދުވަހުން ފެށިގެން އަންނަނީ ސައުދީ މަޖިލީހުގެ ނައިބަކަށް ގެންނަންޖެހޭ ސަބަބުތައް ބަޔާންކޮށް ތަފާތު އެކި ޕޯސްޓުތައް ކުރަމުންނެވެ.

މިކަމާ ގުޅިގެން ސައުދާ ވިދާޅުވީ އެ އެކައުންޓާއި އޭނާއާ އެއްވެސް ގުޅުމެއް ނެތް ކަމަށާއި މަސައްކަތް ތަރުތީބު ވެގެންދަނީ އަދި ދާނީ ޕީޕީއެމް ޕީއެންސީގެ ލީޑަޝިޕްގެ ވިސްނުމާ އެއްގޮތަށް ކަމަށެވެ. އަދި އޭނާގެ ނަމުގައި މިފަދަ ކަންކަން ނުކުރަން ސައުދާ ވަނީ އިލްތިމާސްކޮށްފަ އެވެ.

މަޖިލީހުގެ ނައިބު ރައީސަކަށް ގެންނާނެ ފަރާތަކާ ގުޅޭގޮތުން މިހާތަނަށް ޕީއެންސީން ވަކި އެއްޗެއް ބުނެފައެއް ނުވެ އެވެ. މަޖިލީހުގެ ރައީސް ކަމަށް އަންނާނެ ކަމަށް އެންމެ ބޮޑަށް ބެލެވެނީ ފޮނަދޫ ދާއިރާގެ އިންތިހާބީ މެމްބަރު އަދި ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ އެވެ.