Last Updated: July 14, 22:13
Sunday, July 14, 2024
ޚަބަރު

މެޑިކަލް ސްކޫލް އިމާރާތް ކުރާނެ ބަޔަކު ހޯދަނީ

ގައުމީ ޔުނިވަސިޓީގެ މެޑިކަލް ސްކޫލާއި ޓީޗީނގ ހޮސްޕިޓަލް އިމާރާތް ކޮދޭނެ ބަޔަކު ހޯދަން އިޢުލާންކޮށްފި އެވެ.

މި ދެ މަޝްރޫއަކީ ވެސް ޕާކިސްތާނުގެ ހިލޭ އެހީގައި ކުރިއަށް ގެންދާ މަޝްރޫއުތަކެވެ.

ޤައުމީ ޔުނިވަސިޓީން ވަނީ މެޑިކަލް ސްކޫލާއި ޓީޗީން ހޮސްޕިޓަލް ގެ އިތުރުން ފެކަލްޓީ އޮފް ހެލްތް ސައިންސް އާއި ސްކޫލް އޮފް ނާސިންގެ އިމާރާތްކޮށް ދޭނެ ބަޔަކު ހޯދުމަށްވެސް އިޢުލާންކޮށްފަ އެވެ. މީގެ ތެރެއިން މެޑިކަލް ސްކޫލާއި ޓީޗީން ހޮސްޕިޓަލް އެޅުމަށް ހަމަޖެހިފައި ވަނީ ޔުނިވަސިޓީން ދޭ ޑިޒައިނާ އެއްގޮތަށެވެ. އަދި ސްކޫލް އޮފް ނާސިން އާއި އެކަމަޑޭޝަން ބްލޮކްގެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދުމަށް އިޢުލާންކޮށްފައި ވަނީ ޑިޒައިންނާއި ބިލްޑް އުޞޫލުގެ ދަށުންނެވެ.

މި ދެ މަޝްރޫޢުގެ މަސައްކަތްކުރުމަށް ޝައުގުވެރިވާ ރާއްޖެ އާއި ރާއްޖެ އިން ފަރާތްތަކަށް ޕްރޮޕޯސަލް ހުށައެޅުމުގެ ފުރުޞަތު އަންނަ މަހުގެ 24 އާ ހަމައަޑް ވަނީ ހުޅުވާލައިފަ އެވެ.

ގައުމީ ޔުނިވަސިޓީން ބުނީ މެޑިކަލް ސްކޫލަކީ އެއްފަހަރާ 100 ދަރިވަރުންނަށް ކިޔަވައި ދެވޭނެ ޒަމާނީ ވަޞީލަތްތަކާއެކު ހަދާ ތަނެއް ކަމަށެވެ. އަދި ޓީޗިންގ ހޮސްޕިޓަލް ތަރައްޤީ ކުރަނީ 300 އެނދުގެ ހޮސްޕިޓަލެއް ގޮތަށް، ބަލި މީހުންނަށް ޚިދުމަތް ދެވޭ ފެންވަރަށް ޒަމާނީ ޓެކްނޮލޮޖީ އެކީގަ އެވެ.

މި ދެ ތަން ވެސް ހަދަން ހަމަޖެހިފަ އިވަނީ ހުޅުމާލޭގަ އެވެ. ދެ އިމާރާތަށް ވެސް 5،700 އަކަމީޓަރުގެ ސަރަޙައްދެއް ހުޅުމާލެއިން ވަނީ ހަމަޖައްސައިފަ އެވެ.

މެޑިކަލް ސްކޫލާއި ޓީޗިން ހޮސްޕިޓަލް ޑިޒައިންކޮށްފައި ވަނީ ޕާކިސްތާނުގެ އާތިފު ނަޒަރު ޕްރައިވެޓް ލިމިޓެޑުންނެވެ. މެޑިކަލް ޓޫރިޒަމަށްވެސް މަގުފަހިވާ ގޮތަށް އިމާރާތް ކުރާ އެ ސްކޫލާއި ހޮސްޕިޓަލުގައި ކިޔަވާ ދަރިވަރުންނަށް ޚާއްޞަ އެކޮމޮޑޭޝަން ބްލޮކެއް ވަކިން ހުންނާނެ އެވެ.

ހުޅުމާލޭގެ 69912.28 އަކަ މީޓަރުގެ ސަރަހައްދެއްގައި އެޅުމަށް ހަމަޖެހިފައިވާ އިމާރާތެއްގައި ފެކަލްޓީ އޮފް ހެލްތް ސައިންސް އާއި ސްކޫލް އޮފް ނާސިންއަށް ވަކިވަކިން އިމާރާތެއް ޚާއްސަކުރުމަށް ހަމަޖެހިފައި ވެއެވެ. މީގެ އިތުރުން އެ ތަނުގައި އެކަމަޑޭޝަން ބްލޮކްއާއި ކުޅިވަރުކުޅުމަށް ޚާއްސަ ސަރަޙައްދަކާއި ކޮންފަރެންސް ހޯލްފަދަ ދަރިވަރުންނަށް މުހިއްމު ތަންތަން އިމާރާތް ކުރުމަށް ހަމަޖެހިފައިވާ ކަމަށް ޔުނިވަސިޓީން ބުނެފި އެވެ.