Last Updated: July 14, 22:13
Sunday, July 14, 2024
ޚަބަރު

ތިމާވެއްޓާ ބެހޭ ރިސާޗް ސެންޓަރެއް ގާއިމު ކުރަނީ

އެންވަޔަރަމެންޓަލް ރިސާޗް ސެންޓަރެއް ރާއްޖޭގައި ގާއިމްކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ތިމާވެއްޓާ ބެހޭ މިނިސްޓަރު ތޯރިގު އިބްރާހީމް މިއަދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު އިއްޔެ ވިދާޅުވީ އެކަމަށް ބޭނުންވާ ފަންޑު ހޯދުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށާއި ރިސާޗް ސެންޓަރެއްގެ ބޭނުން ރާއްޖެ އަށް ވަރަށް ބޮޑަށް މުހިއްމު ކަމަށެވެ. އެގޮތުން އެކަމާ ގުޅުން ހުރި މަސައްކަތްތަކެއް އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އާއި މިނިސްޓްރީ ތެރޭގައި މިހާރު ވެސް ކުރެވެމުން އަންނަކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.

"މިއީ ވަރަށް މުހިންމު ކަމެއް. އަޅުގަނޑުމެންގެ އެންވާރަމެންޓަލް ރިސާޗަށް މި ވަގުތު އެއްވެސް ރިސާޗް ސެންޓަރެއް ނެތް،" ތޯރިގު ވިދާޅުވި އެވެ. "ނަމަވެސް އީޕީއޭއާ މިނިސްޓްރީ ތެރޭގައި ރިސާޗްގެ ބައެއް މަސައްކަތްތައް ކުރެވޭ."

ރާއްޖެ އަކީ ތިމާވެށީގެ ކަންކަމަށް އަބަދު ވެސް ބޮޑު އިސްކަމެއް ދެމުން އަންނަ އަދި ތިމާވެށީގެ ގޮތުން ނާޒުކު ގައުމުމެކެވެ. ދުނިޔޜޭގެ އެންމެ ބިންތިރި އެއް ގައުމަކަށް ރާއްޖެ އަށްވާތީ ތިމާވެށީގެ ގޮތުން ރާއްޖެ އަށް ގޮންޖެހުންތައް ބޮޑެވެ.