Last Updated: July 12, 00:08
Saturday, July 11, 2026
ޚަބަރު

ފުވައްމުލަކު ބަންޑާރަކިޅި ސާފުކުރަން ސިފައިންގެ އެހީ

ފުވައްމުލަކު ބަނޑާރަކިޅި ސާފު ކުރަން ކައުންސިލުން ކުރަމުން އަންނަ މަސައްކަތަށް ސިފައިންގެ އެހީތެރިކަން ވެސް ދީފި އެެވެ.

ކުޅި ސާފުކުރަން ބުރާސްފަތި ދުވަހު ކުރިއަށް ގެންދިޔަ ހަރަކާތުގައި އެމްއެންޑީއެފް ސަދަން އޭރިއާގެ ސިފައިން ހަރަކާތްތެރިވެފައިވެ އެވެ.

ބަންޑާރަކިޅި ސާފުކުރުމުގެ މަސައްކަތް ފަހަކަށް އައިސް ހަފުތާ ބަންދުގައި އަންނަނީ ކުރަމުންނެވެ. އެގޮތުން ކައުންސިލާ އެކީ މި މަސައްކަތުގައި އެކިއެކި މުވައްސަސާތަކުގެ މުވައްޒަފުންނާއި އަމިއްޖަ ޖަމިއްޔާ ޖަމާއަތްތަކާއި އާންމުން ވެސް އަންނަނޯ ބައިވެރިވަމުންނެވެ.

ބަންޑާރަކިޅި އަކީ ފުވައްމުލަކުގެ ގުދުރަތީ ހާއްސަ ތަންތަނުގެ ތެރެއި އެންމެ ހާއްސަ އެއް ތަނެވެ.