Last Updated: July 14, 22:13
Sunday, July 14, 2024
ޚަބަރު

އައްޑޫ ނޭޗާ ޕާކަށް ލެއްގި ކޯމަހެއް ކަނޑަށް ދޫކޮށްލައިފި

އިއްޔެގެ ވަގުތެއްގައި އައްޑޫ ސިޓީ ނޭޗާ ޕާކަށް ލެއްގި ކޯމަހެއް ރޭ ރައްކާތެރިކަމާ އެކީ ކަނޑަށް ދޫކޮށްލައިފި އެވެ.

މި ވާހަކަ އެތަނުގެ ފޭސްބުކް ޕޭޖްގައި ވެސް ހިއްސާކޮށްފައިވެ އެވެ. އެ ޕޯސްޓްގައި ބުނީ ނޭޗާ ޕާކް ސަރަހައްދުގެ
ގޮނޑުދޮށުގައި ކޯހެއް މަހެއް ލައްގާފައި އޮތްކަނުގެ މައުލޫމާތު ލިބުނީ އެތަނަށް ޒިޔާރަތްކުރި މީހެއްގެ ފަރާތުން ކަމަށެވެ. އެއީ އިރުއޮއްސި 6:07 ހާއިރު ކަމަށް ނޭޗާ ޕާކުން ބުންޏެވެ.

އެތަނުން ބުނީ އެ މައުލޫމާތު ލިބުމާ އެކީ ކޯމަސް ލައްގާގައި އޮތް އެތަނަށް ނޭޗާ ޕާކްގެ މުވައްޒަފުންތަކެއް، ގޮސް ހަރަކާތްތެރިވާން ފެށި ކަމަށެވެ. އެގޮތުން ލޮނުފެން އަޅައިގެންނާއި ތެތް ތުވާލި ބޭނުންކޮށްގެން ކޯމަސް ސަލާމަތުން ބާއްވައި ރޭ 7:40 ހާއިރު އޭތި ކަނޑަށް ދޫކޮށްލާފައިވާ ކަމަށެވެ.