Last Updated: July 27, 12:08
Saturday, July 27, 2024
ޚަބަރު

ދީމާގެ ކާމިޔާބީ ސައުދީ ސަފީރު ފާހަގަކޮށްފި

އަންނަ މަހު ފްރާންސްގައި ބާއްވާ މި އަހަރުގެ އޮލިމްޕިކްސް އަށް ރާއްޖޭގެ ތާރީހުގައި ފުރަތަމަ ފަހަރަށް ކޮލިފައިވި އެތުލީޓް ދީމާ އަލީގެ ކާމިޔާބީ ރާއްޖޭގައި ހުންނަވާ ސައުދީ އަރަބިއްޔާގެ ސަފީރު މަތުރިކް އަބްދުﷲ އަލް އަޖަލިން އަލްދުސާރީ، ފާހަގަކުރައްވައި އެކަމުގެ އަގުވަޒަން ކުރައްވައިފި އެވެ.

އެކަމަށްޓަކައި ސަފީރު އިއްޔެ ވަނީ ސައުދީ އެމްބަސީގައި ޓެނިސް ތަރި ދީމާއާ ބައްދަލު ކުރައްވައިފަ އެވެ. އެ ބައްދަލުވުމުގައި ދީމާއަށް މަރުހަބާގެ ފިލައެއް ވެސް ދޫމާ އަށް ސަފީރު ދެއްވި އެވެ.

ދީމާ އޮލިމްޕިކްސް އަށް ކޮލިފައިވީ މިދިޔަ މަހު ނޭޕާލުގައި ބޭއްވި ސައުތު އޭޝިއާ ރީޖަންގެ ކޮލިފިކޭޝަން ޓޯނަމެންޓްގައި ސިންގަލްސް އިން ޗެމްޕިއަންކަން ހޯދައިގެންނެވެ. އެ މުބާރާތަށް ފަހު ރާއްޖެ އައުމުން ދީމާ އަށް ހޫނު މަރުހަބާއެއް ސަރުކާރުން ކިޔާފައިވެ އެވެ.