Last Updated: July 27, 09:39
Saturday, July 27, 2024
ޚަބަރު

ސައުދީގެ އެހީގައި އައްޑޫގައި ޓީޓީގެ ތަމްރީނުތަކެއް

ސައުދީ އަރަބިއްޔާގެ އެހީގައި އައްޑު އާއި ފުވައްމުލަކުގައި ޓޭބަލް ޓެނިހުގެ ޓްރެއިނިންތަކެއް ބާއްވަން ނިންމައިފި އެވެ.

ރާއްޖޭގައި ހުންނަ އެ ގައުމުގެ އެމްބަސީން މިކަން އިއުލާންކުރީ ރާއްޖޭގެ ޓެނިސް ތަރި ދީމާ އަލީ، މި އަހަރުގެ އޮލިމްޕިކްްސް އަށް ކޮލިފައިވެފައިވާތީ އެ ކާމިޔާބީ ފާހަގަކުރަން ސައުދީ ސަފީރު އިއްޔެ ދީމާއާ އެކީ ބޭއްވި ބައްދަލުވުމާ ގުޅުވައިގެން އެމްބަސީން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގަ އެވެ.

އެ ޕޯސްޓްގައި އެމްބަސީން ބުނީ ރާއްޖޭގެ ޓޭބަލް ޓެނިސް އެސޯސިއޭޝަނާ ގުޅިގެން ޓީޓީގެ ޓްރެއިނިން ޕްރޮގްރާމްތަކެއް ރާއްޖޭގެ އެކި ހިސާބުތަކުގައި ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށެވެ. އެގޮތުން އެ ޕްރޮގްރާމް ފަށައި ގަންނާނީ އައްޑު އާއި ފުވައްމުލަކުން ކަމަށް އެމްބަސީން ބުންޏެވެ.

ނަމަވެސް މިކަމާ ގުޅޭ އިތުރު ތަފުސީލެއް ހާމައެއް ނުކުރެ އެވެ.

އެމްބަސީގައި ދިމާއާ ސައުދީ ސަފީރު މަތުރިކް އަބްދުﷲ އަލް އަޖަލިން އަލްދުސާރީ ބައްދަލުކުރެއްވި އިރު، ޓީޓީ އެސޯސިއޭޝަންގެ ރައީސް އަލީ ރަޝީދު (އައްޔަ) ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

ޓީޓީ ކުޅުންތެރިން އުފައްދަން ސައުދީން އެހީތެރިކަން ދޭން ނިންމިކަން އިއުލާންކުރީ ޓީޓީ އެސޯސިއޭޝަނާއި ސައުދީ އެމްބަސީ ގުޅިގެން ލޯންޗްކުރި ޕްރޮގްރާމަކާ ގުޅުވައިގެންނެވެ.