Last Updated: July 27, 09:39
Saturday, July 27, 2024
ކުޅިވަރު

ޑިޔޮންގް އަށް ޔޫރޯ ގެއްލިއްޖެ

ނެދަލޭންޑްސްގެ މިޑްފީލްޑަރު ފްރެންކީ ޑިޔޮންގްގެ ކުޑަހުޅަށް ލިބުނު އަނިޔާގެ ސަބަބުން އޭނާ އަށް މި މަހު ފަށާ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ކުޅުމުގެ ފުރުސަތު ގެއްލިއްޖެ އެވެ.

ބާސެލޯނާ އަށް ކުޅެމުން އަންނަ ޑިޔޮންގް އަށް އަނިޔާވެފައިވަނީ މިދިޔަ މާޗު މަހުގެ ތެރޭގަ އެވެ. އަނިޔާ އިން މުޅިން ރަނގަޅު ނުވި ނަމަވެސް ނެދަލޭންޑްސް އިން ޔޫރޯ އަށް ނެގި ސްކޮޑުގައި ޑިޔޮންގް ހިމަނާފައިވެ އެވެ.

ނަމަވެސް ނެދަލޭންޑްސްގެ ގައުމީ ޓީމުން ރޭ ވަނީ ޑިޔޮންގް އަށް މުބާރާތުގައި ނުކުޅެވޭނެކަން އިއުލާންކޮށްފަ އެވެ. އޭނާގެ ބަދަލުގައި ސްކޮޑަށް ނަގާނެ ކުޅުންތެރިއެއް އަދި ހާމަކޮށްފައެއް ނުވެ އެވެ.

ޑިޔޮންގް ،27، ވަނީ ނެދަލޭންޑްސްގެ ގައުމީ ޓީމަށް 54 މެޗު ކުޅެދީފަ އެވެ.

ޔޫރޯގައި ނެދަލޭންޑްސް ލައްވާލާފައިވަނީ ފްރާންސް އާއި ޕޮލެންޑް އަދި އޮސްޓްރިޔާއާ އެއް ގްރޫޕެއްގަ އެވެ. ގްރޫޕްގެ ފުރަތަމަ މެޗުގައި އަންނަ އާދީއްތަ ދުވަހު ނެދަލޭންޑްސް ނިކުންނާނީ ޕޮލެންޑާއި ދެކޮޅަށެވެ.