Last Updated: July 27, 15:08
Saturday, July 27, 2024
ދުނިޔެ

ދަތުރުމަތީގައި އަނިޔާވި މީހުންނަށް ބަދަލު ދެނީ

މިދިޔަ މަހުގެ ތެރޭގައި ލަންޑަނުން ފުރައިގެން ސިންގަޕޫރަށް ދަތުރު ކުރަނިކޮށް، ސިންގަޕޫރް އެއާލައިންސްގެ ބޯޓަކަށް އެރި ވަރުގަދަ ލޮޅުމުގައި އަނިޔާވި މީހުންނަށް އެ އެއާލައިންސް އިން ބަދަލު ދޭން ނިންމައިފި އެވެ.

އެ އެއާލައިނުން ބުނީ އެ ހާދިސާގެ ތެރޭގައި ސީރިއަސް ގެއްލުންތައް ލިބުނު މީހުންނަށް މާލީ ބަދަލުގެ ގޮތުގައި އެޑްވާންސަށް 25،000 ޑޮލަރު ދޭން ނިންމާފައިވާ ކަމަށާއި އެ މީހުންނަށް ބޭނުންވާ އިތުރު އެހީ ވެސް ފޯރުކޮށް ދޭނެ ކަމަށެވެ. އަދި ހާދިސާގައި އަނިޔާވި އެ ނޫން މީހުންނަށް 10،000 ޑޮލަރު ދޭން ވަނީ ނިންމައިފަ އެވެ.

ޖުމްލަ 211 މީހުންނާ އެކީ ދަތުރު ކުރަމުން ދަނިކޮށް ސިންގަޕޫރް އެއާލައިންސްގެ SQ 321 އަށް މިދިޔަ މަހުގެ ފަހުކޮޅު ކުރިމަތިވި ހާދިސާގެ ތެރޭގައި އިނގިރޭސިވިލާތުގެ 73 އަހަރުގެ ފިރިހެނަކު ބިރުން ގޮސް ހާޓްއެޓޭކެއް ޖެހިގެން މަރު ވެސް ވި އެވެ. ބޯޓަށް އެރި ވަރުގަދަ ލޮޅުމާ ގުޅިގެން، ބޯޓް ތައިލޭންޑަށް ޑައިވާޓްކޮށް، އެ ގައުމުގައި ބޯޓުން ދަތުރުކުރި 41 މީހަކު އެޑްމިޓްކޮށް ފަރުވާ ދީފައިވެ އެވެ. އަދި އޭގެ ތެރެއިން 22 މީހަކަށް އައިސީޔޫގައި ފަރުވާ ދޭން ޖެހުނެވެ.

ހާދިސާ ހިނގި އިރު، ބޯޓުން ދަތުރުކުރި މީހުންގެ ތެރޭގައި ހިމެނެނީ އިނގިރޭސިވިލާތުގެ 47 މީހަކާއި އޮސްޓްރޭލިއާގެ 56 މީހެއްގެ އިތުރުން ސިންގަޕޫރުގެ 41 މީހެކެވެ.