Last Updated: July 27, 10:14
Saturday, July 27, 2024
ޚަބަރު

އިންޑިއާ ދަތުރު ވަރަށް ކާމިޔާބު: ރައީސް

ވެރިކަމަށް ވަޑައިގަތް ފަހުން އިންޑިއާ އަށް ކުރެއްވި ފުރަތަމަ ދަތުރު ވަރަށް ކާމިޔާބުކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ނަރެންދުރަ މޯދީ ތިން ވަނަ ދައުރަކަށް ހުވާ ކުރެއްވި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ކުރެއްވި ދަތުރުގެ ތެރޭގައި ފަހު ދައުލަތުގެ މީޑިއާ، ޕީއެސްއެމަށް ރައީސް ވިދާޅުވީ މިއީ ރާއްޖެއަށް ވަރަށް ކާމިޔާބު ދަތުރެއް ކަމަށެވެ.

އެ މަނިކުފާނު ވިދާޅު ވަނީ މޯދީގެ ހިވާކުރެއްވުމުގެ ރަސްމިއްޔާތަށް ދަޢުވަތު ދެއްވީތީ އުފާކުރައްވާކަމަށާއި އަދި އެކަމަށްޓަކައި އިންޑިއާގެ ބޮޑުވަޒީރަށް ޝުކުރު އަދާކުރައްވާ ކަމަށް ވެސް ވިދާޅުވެފަ އެވެ.

އަދި ދެ ގައުމުގެ އެކުވެރި ގާތްގުޅުމުގެ ތެރެއިން ކަންކަން ފަހިވެގެން އަންނާނީ ރާއްޖެ އަށް އަދި ދިވެހިންނަށް ހެވާއި ލާބަ ލިބޭ ގޮތަށް ކަމަޑް ރައީސް ފާހަގަ ކުރެއްވި އެވެ.

"ރާއްޖެ އަށް އިރާދަކުރެއްވިއްޔާ ރަނގަޅު ކަންތައްތައް. ކުރިއަށް އޮތް ތާނގައި ދެޤައުމުގެ ގުޅުމުގެ ތެރެއިން ކުރިއަށް ވުރެ ވެސް އިރާދަކުރެއްވިއްޔާ ރަނގަޅުވެގެން ދާނެ ކަމަށް އުންމީދުކުރަން،" ރައީސް ވިދާޅުވި އެވެ. "ރާއްޖެއަށް އެންމެ ރަނގަޅު ގޮތް، ދިވެހި ރައްޔިތުންނަށް ހެވާ ލާބަ ލިބޭ ގޮތަށް އަޅުގަނޑުމެން ދެ ގައުމުގެ އެކުވެރި ގާތް ގުޅުމުގެ ތެރެއިން ކަންކަން ފަހިވެގެން ދާނީ."

ރައީސް އިންޑިއާ އަށް ރަސްމީ ދަތުރެއް ކުރެއްވި އިރު، އެ މަނިކުފާނު ވެރިކަމަށް ވަޑައިގަތް ފަހުން ރާއްޖެ އާއި އިންޑިއާއާ ދެމެދު އޮތް ގުޅުމަށް ބޮޑު ނުތަނަވަސްކަމެއް މި ފަހުން ކުރިމަތިވި އެވެ. އެގޮތުން ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ސަރުކާރުން އަނބުރާ ފޮނުވައިލަން ނިންމުމާއި ސަރުކާރުގެ ޑެޕިއުޓީ މިނިސްޓަރުންތަކެއް މޯދީ އާއި އިންޑިއާ އަށް ސޯޝަލް މީޑިއާގައި ފުރައްސާރަކުރި މައްސަލަގައި ދެ ގައުމުގެ މެދުގައި އޮތް ބަދަހި ގުޅުމަށް ހީނަރުކަން އަ އެވެ.

ނަމަވެސް މި ފަހުން އިންޑިއާގެ ވެރިންނާ އެކީ ކުރެވުނު ހުރިހާ މަޝްވަރާތަކަކަށް ފަހު ސަރުކާރުން ބުނެފައި ވަނީ ދެ ގައުމުގެ މެދުގައި އުފެދުނު ނުތަނަވަސްކަން މިހާރު ފިލާފައިވާ ކަމަށެވެ. އަދި އިންޑިއާ އަކީ އަބަދު ވެސް އެންމެ ގާތް އަވައްޓެެރިޔާ ޖަމަށް ސަރުކާރުން އަންނަނީ ބުނަމުންނެވެ.

ޚުދު މޯދީ ވެސް ރާއްޖެ ސިފަކުރައްވަނީ އަގުހުރި ގާތް އެކުވެރިއެއްގެ ގޮތުގަ އެވެ، އަދި އަބަދު ވެސް ގާތް ގުޅުމެއް ރާއްޖެއާ އެކީ ބާއްވާނެ ކަމަށް ވިދާޅުވެފައިވެ އެވެ.

އިންޑިއާ ދަތުރަށް ފަހު ރައީސް ރާއްޖެ ވަޑައިގަތީ މިއަދެވެ.