Last Updated: July 27, 15:08
Saturday, July 27, 2024
ދުނިޔެ

ބެންކޮކްގައި އަލިފާނުގެ ބޮޑު ހާދިސާއެއް

ތައިލޭންޑްގެ ބެންކޮކްގެ ބޮޑު ބާޒާރެއްގައި އަލިފާނުގެ ބޮޑު ހާދިސާއެއް މިއަދު ހިނގައި 1،000 އަށް ވުރެ ގިނަ ދިރޭ ތަކެތި މަރުވެއްޖެ އެވެ.

އޭގެ ތެރޭގައި ކޮށިތަކެއްގައި ގެންގުޅުނު ބުޅަލާއި ކުއްތާ އާއި ދޫންޏާއި ހަރުފަދަ ފަދަ ތަކެތި ހިމެނެ އެވެ. ބެންކޮކްގެ ވީކެންޑް މާކެޓެއްގެ ގޮތުގައި މަޝްހޫރު، ޗަޓްޗަކް މާކެޓްގައި ހިނގި އަލިފާނުގެ ހާދިސާގައި 118 ފިހާރައެއްގައި ވެސް ރޯވެ، ބޮޑެތި ގެއްލުންތަކެއްވެފައިވެ އެވެ.

ނަމަވެސް މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުންވިކަމުގެ މިހާތަނަށް ލިބިފައެއް ނުވެ އެވެ.

ފަތިހު 4:00 އެހާކަށްހާ އިރު، ރޯވި އަލިފާންގަނޑު ކޮންޓްރޯލް ކުރެވިފައި ވަނީ ކަމާބެހޭ ފަރާތްތަކަށް އެކަން ރިޕޯޓްކުރިތާ ބައިގަޑިއެއްހާ އިރު ފަހުންނެވެ.

ކަރަންޓް ޝޯޓަކުން ހިނގި ކަމަށް ބެލެވޭ މި ހާދިސާ މިހާރު އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

މީގެ ފަސް އަހަރު ކުރިން ވެސް ޗަޓްޗަކް މާކެޓްގައި އަލިފާން ރޯވެ 110 ފިހާރައެއް އަނދައި ހުލިވެ، ބޮޑެތި ގެއްލުންތަކެއް ލިބުނެވެ.