Last Updated: July 27, 09:53
Saturday, July 27, 2024
މުނިފޫހިފިލުވުން

މިއޮތީ ސަލްމާންގެ ކުރެހުމެއް ގަތުމުގެ ފުރުސަތެއް

ބޮލީވުޑްގެ މަޝްހޫރު ތަރި، ސަލްމާން ޚާންގެ ކުރެހުމެއް ވިއްކައިލަން ހުޅުވާލައިފި އެވެ.

"ޔުނިޓީ 1" ގެ ނަމުގައި އޭނަ ތައްޔާރުކޮށްފައިވާ މި ކުރެހުމަކީ 58 އަހަރުގެ އެކްޓަރުގެ ފުރަތަމަ ރަސްމީ ކުރެހުމެވެ. މި އާޓް ވޯކް ވިއްކައިލާ ވާހަކަ ސޯޝަލް މިޑިއާގައި ހިއްސާކޮށް ސަލްމާން ބުނީ، ކުރެހުން ވިއްކައިލަނީ އާޓްފިޓްގްލޯބަލްގައި ކަމަށާއި އެ ގަންނަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވައިލީ ހަފުތާއަކަށް ކަމަށެވެ.

އެހެންވެ މި ހާއްސަ ކުރެހުން ގަންނަން ބޭނުންވާ މީހުން އެ ފުރުސަތު ދޫކޮށް ނުލަން ސަލްމާން އެދިފައިވެ އެވެ.

ސަލްމާނަކީ އަބަދު ވެސް ކުރެހުމަށް ވަރަށް ލޯބިކުރާ މީހެކެވެ. އެގޮތުން އޭނަ ހޮބީއަކަށް މި މަސައްކަތްކުރާ އިރު، ގާތް ބައެއް މީހުންނަށް އަމިއްލަ ކުރެހުންތައް ހަދިޔާ ވެސް ކޮށްފައިވެ އެވެ.

ސަލްމާން މިހާރު އަންނަނީ އޭނަ އެންމެ ފަހުން ސޮއިކުރި ފިލްމު "ސިކަންދަރު" ގެ ޝޫޓން ފެށުމުގެ ތައްޔާރީތައް ވަމުންނެވެ. މި މަހުގެ 18 ގައި ޝޫޓިން ފަށާ ފިލްމު ބެލުންތެރިންނަށް ގެނެސްދޭނީ އަންނަ އަހަރުގެ ފިތުރު އީދުގަ އެވެ.