Last Updated: July 27, 10:50
Saturday, July 27, 2024
ޚަބަރު

ޢީދު ބަންދުގައި ވެސް ޕާސްޕޯޓުގެ ޚިދުމަތް ލިބޭނެ

ޕާސްޕޯޓް ޚިދުމަތް ހޯދަން ގޮސްފައި ތިބި މީހުން / ފޮޓޯ: އިމިގްރޭޝަން

ޢީދު ބަންދުގައި ވެސް ޕާސްޕޯޓުގެ ޚިދުމަތް ލިބޭނެ ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެފި އެވެ.

އިމިގްރޭޝަނުން ބުނީ އީދު ބަންދުގައި ހިދުމަތް ދޭނީ މި މަހު 17 އިން ފެށިގެން 20 ގެ ނިޔަލަށެވެ. އަދި އިމުގާ ޕޯޓަލް މެދުވެރިކޮށް 24 ގަޑިއިރު ޕާސްޕޯޓަށް ހުށަހެޅޭނެ ކަމަށް ވެސް ބުންޏެވެ.

އުމުރުން ދުވަސްވީ މީހުންނާއި އިމަޖެންސީ ހާލަތްތަކުގައި އިމިގްރޭޝަންގެ އޮފީހަށް ހާޒިރުވެ ޕާސްޕޯޓަށް ހެނދުނު 9:00 އިން މެންދުރު 1:00 އާ ދެމެދު ހުށަހެޅޭނެ އެވެ.

އެ ދުވަސްތަކުގައި ޕާސްޕޯޓާ ހަވާލުވުމަށް ނަންބަރު ދޫކުރާނީ ހެނދުނު 8:30 އިން ހަވީރު 4:00 އަށެވެ. ކިއުބީ އެޕް ބޭނުންކޮށްގެން ނުވަތަ އިމިގްރޭޝަންގެ ކައުންޓަރަށް ގޮސްގެން ކިއު ނަންބަރު ނެގޭނެ އެވެ.

މެޑިކަލް އިމަޖެންސީ ހާލަތްތަކުގައި އިމިގްރޭޝަންގެ ހޮޓްލައިނަށް ގުޅަން ވަނީ އިލްތިމާސްކޮށްފަ އެވެ.