ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުމަށް މީހަކު ހޯދުމަށް ފުލުހުން އިއުލާންކޮށްފި އެވެ.
ފުލުހުން ބުނެފައިވަނީ އެ އިދާރާއިން ހޯދަމުންދާ އިޒާމް ޒާހިރު، ގދ. ވާދޫ / ޞަބާހީމަންޒިލް (25އ) އަކީ ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން އެ ކޯޓަށް ހާޒިރުކުރަން ބޭނުންވެ ހާޒިރުކުރެވިފައިނުވާ މީހެއް ކަމަށެވެ.
ކްރިމިނަލް ކޯޓުން ވަނީ މާދަމާ 10:00 އަށް އާތިފު ކޯޓަށް ހާޒިރުކޮށްދިނުމަށް އަމުރެއް ނެރެފަ އެވެ.
ފުލުހުން ވަނީ އިޒާމް ޒާހިރުއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ މީހަކު ވާނަމަ ފުލުހުންގެ ކަސްޓޯޑިއަލް ނަންބަރު 9991442 އަށް ގުޅައި ހިއްސާކޮށްދިނުމަށް އެދިފަ އެވެ.