Last Updated: July 27, 14:13
Saturday, July 27, 2024
ދުނިޔެ

ބޯޓް ވެއްޓި މަލާވީގެ ނައިބު އަވަހަރާވެއްޖެ

ދަތުރު ކުރެއްވި ބޯޓް ވީނުވީއެއް ނޭނގި އިއްޔެ ގެއްލިފައި ވަނިކޮށް އެ ބޯޓް ވެއްޓި މަލާވީގެ ރައީސް ސައުލޯސް ޝިލިމާ އަވަހާރަވެއްޖެ އެވެ.

ފުރި ފަހުން ސިގްނަލް ގެއްލި، ބޯޓް ހޯދަމުން ދަނިކޮށް ބޯޓް ވެއްޓުނުކަން އިއުލާންކޮށް، މަލާވީގެ ރައީސް ލަޒަރުސް ޗަކްވޭރާ ވިދާޅުވީ އުމުރުން 51 އަހަރުގެ ނައިބު ރައީސްގެ ހަށިގަނޑު މިއަދު ފެނިފައިވާ ކަމަށެވެ.

ނައިބު ރައީސާ އަކީ އަސްކަރީ ބޯޓްގައި އިތުރު ނުވަ މީހަކު ވެސް ދަތުރުކުރި އެވެ. ބޯޓް ވެއްޓިފައި ވަނީ އުތުރު މަލާވީގެ ފަރުމަތީ ޖަންގަލީގެ ސަރަހައްދަކަށެވެ.

ބޯޓް ގެއްލިގެން ހޯދަން ފެށީ އިއްޔެ ހެނދުނު މަލާވީގެ ގަޑިން 10:00 ގައި އެމްޒޫޒޫ އިންޓަނޭޝަނަލް އެއާޕޯޓަށް ބޯޓް ޖައްސަން އޮތް ނަމަވެސް އޭގެ އެތައް އިރެއް ވީ އިރު ވެސް ޚަބަރެއް ނުވުމުންނެވެ.

ނައިބު ރައީސް ދަތުރު ކުރެއްވީ މަލާވީގެ ކުރީގެ އެޓާނީ ޖެނެރަލްގެ ޖަނާޒާގައި ބައިވެރިވެވަޑައިގަތުމަށެވެ.