Last Updated: July 27, 12:08
Saturday, July 27, 2024
މުނިފޫހިފިލުވުން

"ދަމާލް 4" އަށް ތައްޔާރު ވަނީ

ބޮލީވުޑްގެ ކޮމެޑީ ފްރެންޗައިޒް "ދަމާލް" ގެ ހަތަރު ވަނަ ބަޔަށް ތައްތާރުވަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ޕިންކްވިލާ އިން ބުނީ ޑައިރެކްޓަރު އިންދަރު ކުމާރު މިހާރު ހަތަރު ވަނަ ބައިގެ ސްކްރީންޕްލޭ ވެސް ނިންމާފައިވާ ކަމަށެވެ. "ދަމާލް" ގެ ތިން ވަނަ "ޓޯޓަލް ދަމާލް" ގެނެސްދިނީ 2019 ގަ އެވެ. އޭގެ ކާސްޓްގައި ހިމެނުނު އަޖޭ ދޭވްގަނާއޮ މަދޫރީ ޑިކްސިޓްގެ އިތުރުން އަނިލް ކަޕޫރް ވެސް "ދަމާލް 4" ގައި ހިމެނޭނެ ކަމަށް ޕިންކްވިލާ އިން ބުންޏެވެ.

"ދަމާލް" ގެ ފުރަތަމަ ތިން ބައިގައި ވެސް ރިތޭޝް ދޭޝްމުކާއި އަރުޝަދު ވަރުސީގެ އިތުރުން ޖާވިދު ޖެފްރީ ހިމެނެ އެވެ. އެހެންޗެ ހަތަރު ވަނަ ބައިން ވެސް ތަރިން ފެންނާނެ ކަމަށް ބެލެވެ އެވެ.

"ދިލް" އާއި "ބޭޓާ" އާއި "ރާޖާ" އާއި "މަން' އަދި "މަސްތީ" ފަދަ ކާމިޔާބު ފިލްމުތައް ގެނެސްދިން އިންދަރުގެ އެންމެ ފަހުގެ ފިލްމަކީ އަޖޭ އާއި ސިދާތު މަލްއުތުރާގެ އިތުރުން ރަކުލް ޕްރީތު ސިންގްއާ އެކީ ގެނެސްދިން 2022 ގެ "ތޭންކް ގޯޑް" އެވެ.