Last Updated: July 12, 00:08
Saturday, July 11, 2026
ޚަބަރު

އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގް ބޫޓާނަށް

ރަސްމީ ދަތުރެއްގައި އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގް އިބްރާހީމް މިއަދު ބޫޓާނަށް ފުރާވަޑައިގެންފި އެވެ.

މިއީ މިއަދުން ފެށިގެން އަންނަ ބުދަ ދުވަހާ ހަމައަށް ބާއްވާ ސައުތު އޭޝިއާ ކޯޕަރޭޓިވް އެންވަޔަރަންމަންޓް ޕްރޮގްރާމް (ސަކެޕް) ގެ 16 ވަނަ ގަވަނިން ކައުންސިލް މީޓިންގައި ބައިވެރިވެ ވަޑައިގެންނެވުމަށް ކުރައްވާ ދަތުރެކެވެ.

އެ ބައްދަލުވުމަކީ ސަކެޕްގެ މެންބަރު ޤައުމުތަކުގެ އިތުރުން އެކުވެރި ދައުލަތްތަކުގެ އެހެނިހެން އިދާރާތައް ހިމެނޭ ގޮތަށް ތިމާވެށީގެ ދާއިރާއާ ގުޅޭ މަޝްވަރާތައް ކުރުމަށް ބޭއްވޭ މުހިއްމު ބައްދަލުވުމެކެވެ.