Last Updated: June 9, 14:14
Tuesday, June 9, 2026
ޚަބަރު

މިނިސްޓަރު އިހުސާން މިއަދު 241 ކޮމިޓީއަށް ހާޒިރުކުރަނީ

މިނިސްޓަރު އަލީ އިހުސާން- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ހޯމް މިނިސްޓަރު އަލީ އިހުސާން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކުގެ ކޮމިޓީއަށް ހާޒިރު ކުރަން ނިންމައިފިއެވެ.

މިނިސްޓަރު އިހުސާން ހާޒިރު ކުރަނީ އެ ކޮމީޓީގެ މިއަދުގެ ބައްދަލުވުމަކަށެވެ. އެ ބައްދަލުވުން ފެށުމަށް ހަމަޖެހިފައިވަނީ 09:30 ގައެވެ.

އެނގިފައިވާ ގޮތުގައި މިނިސްޓަރު އިހުސާން 241 ކޮމިޓީއަށް ހާޒިރުކުރަނީ މަސްތުވާތަކެތީގެ މައްސަލަތަކާއި ރާއްޖޭގެ ކުށުގެ ވެއްޓާއި ގުޅޭގޮތުން މަޝްވަރާ ކުރުމަށެވެ.

މަޖިލީހުގެ 241 ކޮމިޓީގެ މުގައްރިރަކީ އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމެވެ. އަދި ނައިބު މުގައްރިރަކީ އިނގުރައިދޫ ދާއިރާގެ މެންބަރު މަޖިލީހުގެ މެޖޯރިޓީ ލީޑަރު އިބްރާހިމް ފަލާހުއެވެ.