Last Updated: April 30, 14:02
Wednesday, April 30, 2025
ޚަބަރު

ސޮވްރިން ޑިވެލޮޕްމަންޓް ފަންޑުގެ ބިލުގެ ބަހުސް ފަށައިފި

ރައްޔިތުންގެ މަޖިލީހުގެ ތަޅުން- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

19 ވަނަ ރައްޔިތުންގެ މަޖިލީހުން ބަލައިނުގަނެ ބޭރުކޮށްލުމުން 20 ވަނަ މަޖިލީހަށް ހުށަހެޅި ސޮވްރިން ޑިވެލޮޕްމަންޓް ފަންޑުގެ ބިލުގެ ބަހުސް ފަށައިފިއެވެ.

20 ވަނަ ރައްޔިތުންގެ މަޖިލީހަށް ސަރުކާރުގެ ފަރާތުން މި ބިލު ހުށަހަޅާފައިވަނީ ފުވައްމުލަކު މެދު ދާއިރާގެ މެންބަރު އަލީ ފަޒާދުއެވެ. ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ މި ބިލުގެ ބަހުސް ފަށާފައެވެ.

ސަރުކާރުގެ ފަރާތުން މި ބިލު ހުށަހެޅުމުގެ ބޭނުމެއްގެ ގޮތުން ބުނެފައިވަނީ، ދައުލަތުގެ ދަރަނި ކުޑަކޮށް ދައުލަތުގެ މުއްސަނދިކަން އަންނަންއޮތް ޖީލުތަކަށް ވާރުތަކޮށްދިނުމަށްޓަކައި ސޮވްރިން ޑިވެލޮޕްމަންޓް ފަންޑެއް ގާއިމުކޮށް، އެ ފަންޑު ހިންގައި ބެލެހެއްޓުމާއި ފަންޑުގެ ފައިސާ ބޭނުންކުރުމާގުޅޭ އުސޫލުތަކާއި އެނޫންވެސް ކަމާބެހޭ އުސޫލުތައް ބަޔާން ކުރުން ކަމަށެވެ.

މި ބިލު 19 ވަނަ މަޖިލީހުން ބަލައިނުގަނެ ބޭރުކޮށްލީ، މެންބަރުންގެ ވޯޓު އެއްވަރުވުމުން އެމްޑީޕީ މެޖޯރިޓީ މަޖިލީހުގެ ރިޔާސަތުން ބިލު ބޭރުކުރުމަށް ވޯޓު ދިނުމުންނެވެ.