Last Updated: April 30, 14:02
Wednesday, April 30, 2025
ޚަބަރު

އީދު މިސްކިތުން ވައްކަންކުރި މައްސަލައިގައި މީހަކު ހައްޔަރަށް

އީދު މިސްކިތުން ވައްކަން ކުރި މައްސަލައެއްގައި މީހަކު ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

އީދު މިސްކިތުން މި މަހު އެކަނިވެސް 10 ފަންކާ ވަގަށް ނަގާފައިވާ ކަމަށް މާލެސިޓީ ކައުންސިލުން ނުހަނު ފަހުން ވަނީ ހާމަކޮށްފައެވެ.

ފުލުހުން މިއަދު ބުނެފައިވަނީ އީދު މިސްކިތުން ވައްކަން ކުރި މައްސަލައިގެ ތުހުމަތުގައި މީހަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ. އެއީ 41 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށާއި އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން 15 ދުވަހަށް ބަންދު ކުރުމަށް އަމުރު ކޮށްފައިވާ ކަމަށެވެ.

ފުލުހުން ބުނެފައިވަނީ މި މައްސަލަ ތަހުގީގު ކުރަމުން ގެންދާ ކަމަށެވެ.