Last Updated: June 9, 13:52
Tuesday, June 9, 2026
ޚަބަރު

ރައީސް އޮފީހުގެ މިނިސްޓަރު ރަމީޒް ސަސްޕެންޑް ކޮށްފި

ރައީސް އޮފީހުގެ މިނިސްޓަރު އާދަމް ރަމީޒް މަގާމުން ސަސްޕެންޑް ކޮށްފިއެވެ.

ރަމީޒް ރައީސް އޮފީހުގެ މިނިސްޓަރުގެ މަގާމުން ސަސްޕެންޑް ކޮށްފައިވަނީ ބަަލަމުންދާ މައްސަލައަކާ ގުޅިގެން ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

ރަމީޒް މަގާމުން ސަސްޕެންޑް ކޮށްފައިވާއިރު، އޭނާގެ ކުރީގެ އަނބިކަނބަލުން، އެންވަޔަރަމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ފާތިމަތު ޝަމްނާޒް އަލީ ސަލީމް ވެސް ވަނީ މަގާމުން ސަސްޕެންޑް ކޮށްފައެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުއާ އަރިސް ބޭފުޅެއްގެ ގޮތުގައި ފާހަގަ ކުރެވުނު ރަމީޒަކީ ކުރިން މާލޭ ސިޓީ ކައުންސިލުގެ މެންބަރެއްގެ ގޮތުގައި ހުންނެވި ބޭފުޅެކެވެ.

ރަމީޒްގެ ކުރީގެ އަނބިކަނބަލުން ޝަމްނާޒް ސަސްޕެންޑް ކޮށްފައިވާއިރު، ސިހުރު ހެދިކަމުގެ ތުހުމަތުގައި ވަނީ ހައްޔަރުވެސް ކޮށްފައެވެ.