Last Updated: July 5, 20:34
Sunday, July 6, 2025
ޚަބަރު

ގައުމީ ކެރަމް މުބާރާތަށް ހުޅުވާލައިފި

އަންނަ މަހު ބާއްވަން ހަމަޖެހިފައިވާ 33 ވަނަ ގައުމީ ކެރަމް މުބާރާތުގައި ބައިވެރިވާން ކެރަމްކުޅުންތެރިންނަށް ހުޅުވާލައިފި އެވެ.

ކެރަމް އެސޯސިއޭޝަނުން ބުނީ މުބާރާތް މުބާރާތް ފަށަން ހަމަޖެހިފައި ވަނީ އަންނަ މަހުގެ 15 ގައި ކަމަށެވެ.

އެހެންވެ ބައިވެރިވާމް ބޭނުންވާ ކެރަމް ކުޅުންތެރިންނަށް އަންނަ މަހުގެ 10 ވަނަ ދުވަހުގެ ރޭގެ 10:00 ގެ ކުރިން މުބާރާތުގައި ފޯމް ހުށަހަޅަން އެސޯސިއޭޝަނުން އެދިފައިވެ އެވެ. މި މުބާރާތުގެ ގުރުއަތުލުން އޮންނާނީ އަންނަ މަހުގެ 12 ވަނަ ދުވަހުގެ ރޭ 09:00 ގައި ހުޅުމާލެ ކެރަމް އެރީނާގަ އެވެ.

ގައުމީ ކެރަމް މުބާރާތް ބާއްވާނީ ދެ ކެޓަގަރީއަށެވެ. އެއީ އަންހެން އަދި ފިރިހެން ކެޓަގަރީ އެވެ.