Last Updated: June 9, 11:45
Tuesday, June 9, 2026
ޚަބަރު

މަރަދޫގައި މަރާމާރީއެއް، މީހަކު ހައްޔަރެއް ނުކުރޭ

މަރަދޫ ލިންކް ރޯޑްގައި ވެހިކަލްތަކެއް ހަރަކާތްތެރި ވަނީ. ފޮޓޯ/ އަހުމަދު ފާރިސް

އައްޑޫސިޓީ މަރަދޫގައި މާރާމާރީއެއް ހިންގައިފިއެވެ.

ފުލުހުން ބުނެފައިވަނީ މަރަދޫގައި މަރާމާރީއެއް ހިންގާފައިވާކަމަށް ރޭ 10:30 ގައި ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ.

މި މާރާމާރީގައި ދެ މީހަކަށް އަނިޔާވެފައިވާ ކަމަށާއި އެމީހުންނަށް ފަރުވާ ދިނުމަށްފަހު ދޫކޮށްލާފައިވާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

ފުލުހުން ބުނެފައިވަނީ މި މާރާމާރީއާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރު ކޮށްފައި ނުވާ ކަމަށެވެ. އަދި މި މައްސަލަ ތަހުގީގު ކުރަމުން ގެންދާ ކަމަށްވެސް މައުލޫމާތު ދީފައިވެއެވެ.