މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ގައުމީ މަޖިލީހުގެ ހުސްވެފައިވާ މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
އެމްޑީޕީން މިއަދު ކުރި އިއުލާނުގައި ވަނީ އެޕާޓީގެ ޤައުމީ މަޖިލިސްގެ ހުސްވެފައިވާ މަޤާމްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައެވެ. އަދި އިންތިޚާބު އޮންނާނީ 02 އޯގަސްޓް 2024 ވާ ހުކުރު ދުވަހު ކަމަށްވެސް އެ ޕާޓިން މައުލޫމާތު ދެއެވެ.
ގައުމީ މަޖިލީހުގެ ކުރިމަތިލާން ހުޅުވާލާފައިވަނީ 29 ދާއިރާއެއްގެ ދާއިރާ ރައީސް ކަމަށެވެ.
މަގާމުތަކަށް ކުރިމަތިލުމުގެ ޝަރުތުތަކަކީ، 1 ޖުލައި 2024 އާއި ހަމައަށް އެމްޑީޕީގެ މެންބަރެއްގެ ގޮތުގައި އިލެކްޝަން ކޮމިޝަނުގައި ދަފްތަރުވެފައި އޮތުމާއި ވޭތުވެދިޔަ 5 އަހަރު ތެރޭގައި ޕާޓީގެ އަސާސީ ޤަވާއިދާއި ހިލާފުވެފައި ނުވާ މެންބަރެއްކަމުގައިވުމެވެ.
މިމަޤާމްތަކަށް ކުރިމަތި ލައްވަން ބޭނުންފުޅުވާ މެންބަރުން އިންތިޚާބަށް ކުރިމަތިލުމަށް އެދޭ ފޯމް ފުރިހަމަކުރުމަށްފަހު 07 ޖުލައި 2024 ވާ އާދިއްތަ ދުވަހު މެންދުރު 2:00 ގެ ކުރިން ހުށައެޅުމަށް އެމްޑީޕީން އެދިފައިވެއެވެ.