Last Updated: July 14, 22:13
Sunday, July 14, 2024
ޚަބަރު

އެތައް ބައެއްގެ އެހީގައި ލިބުނީ ފައެއް!

އެކި ކަހަލަ އެހީ ބޭނުންވެފައިވާ ފަރާތަތަކަށް ބައިނަލްއަގުވާމީ ފެންވަރުގައި ވެސް އެހީވުމުގެ މަސައްކަތް ވަރަށް ފުޅާކޮށް ކުރަމުން ރާއްޖޭހެ ޖަމިއްޔާ، ހިދުމަތް މެދުވެރިވެގެން، ދިވެއްސަކަށް މަސްނޫއީ ފައެއް ޖަހައި ދީފި އެވެ.

ދިމާވި ހާދިސާއަކާ ގުޅިގެން ވާތު ފައިގެ ކަކުޅުހުޅުން ތިރި ބުރިކޮށްލަން ޖެހުނު މީހާ އަށް ފައެއް ޖަހައި ދިނީ ހިދުމަތް ޖަމިއްޔާ އިން އެކަމަށް ފަންޑު ހޯދަން ކުރި މަސައްކަތުގައި އެތައް ދިވެހިންނެއްދެ ދީލަތު އެހީއާ އެކީ އެވެ. މިހާރު ދެ ފައިމައްޗަށް ކޮޅަށް ތެދުވުމުގެ ގާބިލުކަން ވެސް ލިބުނު އެ މީހާ އަކީ އދ. ފެންފުށީ، އިބްރާހިމް މުހައްމަދެވެ.

އޭނަ ޖަހައި ދިން މަސްނޫއީ ފަޔާ އެކީ މިހާރު އަމިއްލަ ދިރިއުޅުމަށް ވަރަށް ބޮޑު ހެޔޮ ބަދަލެއް އައިސްފައިވާ ކަމަށް ހިދުމަތް ޖަމިއްޔާ އިން ބުންޏެވެ.

މިކަމާ ގުޅޭ ގޮތުން އެ ޖަމިއްޔާ އިން ބުނީ އަމިއްލަ އަށް މަސައްކަތްކޮށްގެން އާމްދަނީ ހޯދައިގެން އަނބިދަރީންނަށް ޚަރަދު ކުރުމުގެ ފުރުސަތު އިބްރާހީމަށް މިހާރު ލިބިފައިވާ ކަމަށެވެ.

"އޭނަގެ އަމިއްލަ ބުރަ މަސައްކަތުން ޢާއިލާ އަށް ކާންދީ އޭނާގެ ކުރީގެ ދިރިއުޅުމަށް އެނބުރި ރުޖޫޢަވުމުގެ ހުވަފެން މިވަނީ ހަގީގަތަކަށް ހަދައިދެވިފައި." ހިދުމަތް ޖަމިއްޔާ ބުންޏެވެ.

އެއް ފައި ބުރިކޮށްލަން ޖެހުމުގެ ކުރިން ވެސް އިބްރާހީމަކީ ވަރަށް ޒިންމާދާރު، ފިރިއެއް، ބައްޕައެއް ކަމަށެވެ.

"އެހެންކަމުން އަނެއްކާ ވެސް އެ ނުކުޅެދުންތެރިކަމުން އަރައިގަނެ އަމިއްލަ ޒިންމާތަށް އަދާކުރުމުގެ ފުރުޞަތު ލިބިގެން ދިއުމުން އޭނަ އެ ހުރީ ﷲ އަށް ޙަމްދު ކުރާ ހާލު އުފަލުން ފުރިފައި." ހިދުމަތް ޖަމިއްޔާ އިން ބުންޏެވެ.

އެ ޖަމިއްޔާ އިން ބުނީ އިބްރާހީމް މު ނަސީބު ލިބުނީ ހެޔޮއެދޭ ވަރަށް ގިނަ ފަރާތްތަކެއްގެ އެހީތެރިކަމާ އެކީގައި ކަމަށެވެ.