Last Updated: March 22, 00:39
Friday, March 21, 2025
ދުނިޔެ

ހިންދޫންގެ އަޅުކަމެއްގައި 100 އަށް ވުރެ ގިނަ މަރު

އިންޑިއާގެ ހިންދޫންގެ އަޅުކަމުގެ އިވެންޓެއްގެ ތެރޭގައި މިއަދު 100 އަށް ވުރެ ގިނަ މީހުން މަރުވެއްޖެ އެވެ.

މީޑިއާތަކުން ބުނީ އުއްތަރު ޕްރަދޭޝްގެ ހަތާރަސް ޑިސްޓްރިކް ގިނަ އަދަދެއްގެ ބަަޔަކު ޖަމާވެގެން ބޭއްވި އަޅުކަމުގެ ތެރޭގައި ފިތިބާރުވެން މަރުވި މީހުންގެ އަދަދު މިހާރު 116 އަށް އަރާ ކަމަށެވެ. މަރުވި މީހުންގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ. އަދި ޒަހަމްވެގެން 18 މީހަކަށް އަންނަނީ ފަރުވާ ދެމުންނެވެ.

މަންޒަރު ދުށް ބައެއް މީހުންނާ ހަވާލާދީ ބައެއް މީޑިއާތަކުން ބުނީ ފިތިގެން ގިނަ ބަޔަކު މަރުވާން ދިމާވި މައިގަނށު ސަބެއް ކަމަށް ބެލެވެނީ އިވެންޓް އިންތިޒާމުކޮށްފައި އޮތް ތަނުން ނުކުންނަން ހަދާފައި ތަން ހަނިވެދައިު، އެއްފަހަރާ ގިނަ ބަޔަކު ތޮއްޖެހިގެން ނުކުންނަން އުޅުމުން ކަމަށެވެ.

އެގޮތުން ބިންމައްޗަށް ގިނަ މީހިން ވެއްޓި، ބޮޑެތި އަނިޔާރަކެއްވި ކަމަށް މިޑުއާތަކުން ބުނެ އެވެ. މަރުވި މީހުންގެ އަދަދު ވެސް އިރުވާނެ ކަމަށް އޮގިޝަލުން ލަފާކޮށްފައިވާ އިރު، މަރުވި މީހުންނަކީ ކޮބައިކަން ދެނެގަތުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.

ފުުލުހުން މިހާރު ވަނީ މި ހާދިސާގެ ތަހުގީގު ފަށައިފަ އެވެ.