Last Updated: July 14, 22:13
Sunday, July 14, 2024
ޚަބަރު

އިންޓަ އޮފީސް ހޭންޑްބޯލް މުބާރާތަށް ހުޅުވާލައިފި

އަންނަ މަހު ބާއްވަން ހަމަޖެހިފައިވާ އޮފީސް/ކުންފުނިތަކުގެ 8 ވަނަ ހޭންޑްބޯލް މުބާރާތުގައި ބައިވެރިވާން ހުޅުވާލައިފި އެވެ.

ހޭންޑްބޯލް އެސޯސިއޭޝަނުން ބުނީ މުބާރާތް ފަށަން ހަމަޖެހިފައި ވަނީ އަންނަ މަހުގެ 15 ގައި ކަމަށެވެ.

މުބާރާތް ބާއްވާނީ އަންހެން/ފިރިހެން ކެޓަގަރީން ހަތަރު ޑިވިޝަނަކަށެވެ. އެއީ ފިރިހެން އެއް ވަނަ ޑިވިޝަނާއި ދެވަނަ ޑިވިޝަނެވެ އަދި އަންހެން އެއް ވަނަ އަދި ދެވަނަ ޑިވިޝަނެވެ.

ކޮންމެ ޑިވިޝަނެއްގައި ވެސް މަދުވެގެން ތިން ޓީމް ހިމެނޭނެ އެވެ. އަދި އެއްވެސް ޑިވިޝަނެއްގައި އެއަށް ވުރެ މަދުން ޓީމްތައް ވާދަ ކުރަން ޖެހިއްޖެ ނަމަ އެޑިވިޝަނެއް މުބާރާތުގައި ނުހިމެނޭނެ އެވެ. މުބާރާތުގައި ފިރިހެން ޑިވިޝަން ކުޅޭނީ ތިން
ނަންބަރު ބޯޅައިންނެވެ. އަދި އަންހެން ޑިވިޝަން ކުޅޭނީ ދެ ނަންބަރު ހޭންޑްބޯޅައިންނެވެ.

ހޭންޑްބޯލް އެސޯސިއޭޝަން ބުނީ 7 ވަނަ އިންޓަ އޮފީސް/ކުންފުނި ހޭންޑްބޯލް މުބާރާތުގެ އެއްވނަ ޑިވިޝަނުގައި ބައިވެރިވެފައިވާ ޓީމުތަކާއި ދެވަނަ ޑިވިޝަނުގެ އަންހެން ޓީމުތަކުގެ ތެރެއިން ސެމީ ފައިނަލް ކުޅުފެއިވާ ޓީމްތަކާއި ދެވަނަ ޑިވިޝަނުގެ ފިރިހެން
ޓީމުތަކުގެ ތެރެއިން ފައިނަލް ކުޅެފައިވާ ޓީމުތަކަށް މި މުބާރާތުގައި ބައިވެރިވެވޭނީ އެއްވަނަ ޑިވިޝަނުގަ އެވެ.

މި މުބާރާތުގައި ސަރުކާރާއި އަދި އަމިއްލަ އޮފީސް/ކުންފުނިތަކަށް ބައިވެރިވެވޭނެ އެވެ. އެހެންވެ ޝައުގުވެރިވާ އޮފީސްތަކާއި ކުންފުނިތަކުން މި މަހުގެ 25 ގެ ކުރިން ފޯމް ހުށަހަޅަން އެދިފައިވެ އެވެ.

ފޯމް ފޮނުވަން ޖެހެނީ މެ މެއިލް handballmaldives@gmail.com އަށެވެ. އަދި މުބާރާތާ ގުޅޭ އިތުރު މައުލޫމާތު 9879555 އިން ހޯދޭނެ އެވެ.