Last Updated: July 14, 22:13
Sunday, July 14, 2024
ޚަބަރު

ބެޑްމިންޓަންގައި ފުވައްމުލަކާއި އައްޑޫގެ ކުރިމަތިލުމެއް

ބެޑްމިންޓަންގެ ފޯރި މިހާރު ވަރަށް ގަދަ ރާއްޖޭގެ އެންމެ ދެކުނުގެ ދެ ސިޓީ ކަމަށްވާ އައްޑު އާއި ފުވައްމުލައް އެ ކުޅިވަރުގައި ކުރިމަތިލުމަކަށް ދާން ތައްޔާރުވެއްޖެ އެވެ.

އެގޮތުން މާދަމާ ފާހަގަކުރާ ވޯލްޑް ބެޑްމިންޓަން ޑޭއާ ގުޅުވައިގެން ދެ ދުވަހުގެ ބެޑްމިންޓަން ފިއެސްޓާއެއް ދެ ސިޓީގެ ކުޅުންތެރިންނާ އެކީ ބާއްވަން ވަނީ ނިންމައިފަ އެވެ.

މި ފިއެސްޓާ ކުރިއަށް ދާނީ މާދަމާ އާއި އަނެއް ދުވަހު ފުވައްމުލަކު ބެޑްމިންޓަން ހޯލުގަ އެވެ. ދެ ދުވަހު ވެސް ކުޅުން ފަށާނީ ހަވީރު 3:30 ގަ އެވެ. ބެޑްމިންޓަން ފިއެސްޓާގައި ދެ ސިޓީގެ ދެ ޖިންސުގެ ކުޅުންތެރިން ބައިވެރިވެ އެވެ.

މި ހަރަކާތް ބާއްވަނީ އައްޑޫ ބެޑްމިންޓަން ކޮމިއުނިޓީ އާއި ފުވައްމުލައް ބެޑްމިންޓަން ކޮމިނިއުޓީ ގުޅިގެންނެވެ. އަދި މިކަމަށް ފުވައްމުލަކު ސިޓީ ކައުންސިލްގެ ވަރަށް ބޮޑު އެހީތެރިކަމާއި އެއްބާރުލުމެއް އަންނަނީ ލިބެމުންނެވެ.