Last Updated: July 14, 22:13
Sunday, July 14, 2024
ދުނިޔެ

ޔޫކޭގެ ލޭބާ ޕާޓީން 14 އަހަރަށް ފަހު ވެރިކަމަށް

އިއްޔެ ކުރިޔަށް ދިޔަ އިނގިރޭސި ވިލާތުގެ އާންމު އިންތިޚާބު ބޮޑު ތަފާތަކުން ކޮންޒަވޭޓިވް ޕާޓީ ބަލިކޮށް އިދިކޮޅު ލޭބަ ޕާޓީން ކާމިޔާބުކޮށްފި އެވެ.

އިނގިރޭސިވިލާތުގެ އާންމު އިންތިހާބުގެ އެގްޒިޓް ޕޯލުން ދައްކާގޮތުން ލޭބަ ޕާޓީއަށް ގާނޫނު ހަދާ މަޖިލީހުގެ 410 ގޮނޑި ކާމިޔާބު ކުރެވޭނެ އެވެ. މިހާރު ވެރިކަމުގައި އޮތް އިނގިރޭސި ބޮޑުވަޒީރު ރިޝީ ސުނާކުގެ ކޮންޒަވެޓިވް ޕާޓީ އަށް ލިބޭނީ 131 ގޮނޑި ކަމަށް ވަނީ ލަފާކޮށްފަ އެވެ. ގާނޫނު ހަދާ މަޖިލީހުގެ ބާކީ ހުރި ގޮނޑިތައް ބެހިފައިވާ ގޮތަށް ބަލާއިރު ލިބެރަލް ޑިމޮކްރެޓްސް އަށް 61 ގޮނޑި ،ސްކޮޓިޝް ނެޝަނަލް ޕާޓީ އަށް 10 ގޮނޑި، ރިފޯމް ޔޫކޭ އަށް 13 ގޮނޑި، ގްރީންސް ޕާޓީއަށް ދެ ގޮނޑި އެވެ.

ޔޫކޭގެ އެގްޒިޓް ޕޯލުގެ ނަތީޖާ އާންމުކޮށް ބަރާބަރަށް ދިމާވާއިރު، މި ނަތީޖާ އަށް މާބޮޑު ބަދަލެއް އަންނާނެ ކަމަކަށް ނުބެލެވެ އެވެ.

މިއީ 2010 ވަނަ އަހަރަށް ފަހު ޔޫކޭގެ ވެރިކަމަށް ލޭބާ ޕާޓީން އަންނަ ފުރަތަމަ ފަހަރެވެ. މި ބޮޑު ކާމިޔާބީއާ އެކު އެގައުމުގެ ބޮޑުވަޒީރު ކަމަށް ދެން ވަޑައިގަންނަވާނީ ލޭބާ ޕާޓީގެ ލީޑަރު ކެޔާ ސްޓާމާ އެވެ.

އިނގިރޭސިވިލާތުގެ އާންމު އިންތިޚާބު ބާއްވާފައިވަނީ އެގައުމުގެ ވެރިކަން ފާއިތުވި 14 އަހަރު ކުރި ކޮންޒަވޭޓިވް ޕާޓީއާ މެދު އާންމުންގެ ނުރުހުން އިންތިހާ އަށް އިތުރުވެފައިވާ ދުވަސްވަރެއްގަ އެވެ.