Last Updated: June 9, 10:14
Tuesday, June 9, 2026
ޚަބަރު

ކޮފީޝޮޕެއް ހިންގި ބިދޭސީންތަކެއް އަތުލައިގެންފި

ފޮޓޯ: އިމިގްރޭޝަން

ގަވައިދާ ހިލާފަށް ކޮފީޝޮޕް ހިންގި ބިދޭސީންތަކެއް އިމިގްރޭޝަންގެ ބެލުމުގެދަށަށް ގެންގޮސްފިއެވެ.

އިމިގްރޭޝަނުން މާލެ ސަރަހައްދުގައި މިހާރު ކުރިއަށް ގެންދަމުންދާ އޮޕަރޭޝަންގެ ތެރެއިން ރޭ ވަނީ ހުޅުމާލެ ފޭސް1 ގައި ހުރި ބައެއް ތަންތަން ބަލާފައެވެ.

އެގޮތުން ހުޅުމާލެ ފޭސް1 ގަވައިދާ ހިލާފަށް އުޅެއްމުންދިޔަ ބިދޭސީންނަށް ޓާގެޓް ކޮށްގެން ހިންގި އޮޕަރޭޝަންގައި ގަވައިދާ ހިލާފަށް ކޮފީޝޮޕް ހިންގާ ކަމަށް ތުހުމަތު ކުރެވޭ 8 ބިދޭސީއެއް އިތުރު ތަހުގީގަށް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށް އިމިގްރޭޝަނުން މައުލޫމާތުދެއެވެ.

މި އޮޕަރޭޝަންގެ ދަށުން މިފަހުން މާލޭއިން ވެސް ވަނީ ގިނަ ބިދޭސީންތަކެއް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.